ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯގެ މަޤާމުން ޑރ. މަރްޔަމް ޒުލްފާ ވަކިކޮށް، ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިއަދު ބަދަލުކޮށްފިއެވެ.
ޑރ. ޒުލްފާގެ މަގާމު ބަދަލުކުރި ސަބަބު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ޑރ. ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަޤާމަށް އައްޔަން ކުރެއްވީ އެ މަގާމު ހުސްވެފައި އޮންނަތާ ހަތްމަސްފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
ޒުލްފާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. 2012 އިން ފެށިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މިދިޔަ އަހަރު އަލުން ރާއްޖެ ވަޑައިގެން އޭނާ ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
އެލްޖީއޭއަކީ ކައުންސިލްތަކުގެ ބެލެނިވެރި އިދާރާއެވެ.

ކިޔުންތެރިންގެ ހިޔާލު