ކިޝޯރު ކުމާރުގެ ލަވަތަކަކީ މީހުން އިންސްޕަޔާ ކުރުވާފަދަ ލަވަތަކެއްް ކަމަށް ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިއެއް ކަމަށްވާ އަޔުޝްމާން ކުރާނާ ބުނެފިއެވެ.
އަޔުޝްމާން މިހެން ބުނެފައިވަނީ ކިޝޯރު ކުމާރު އުފަންވިތާ 94 އަހަރު ވުމާ ގުޅިގެން އޭނާގެ ހަނދާނުގައި މީސް މީޑިއާ ޕްލެޓުފޯމެއް ކަމަށްވާ އެކްސް ގައި ހިއްސާކުރި ވީޑިއޯއެއްގައެވެ.
އެގޮތުން ކިޝޯރު ކުމާރުގެ ލަވަތަކެއްގެ ތަންތަންކޮޅު އެކުލަވައި ހަދާފައިވާ މި ވީޑިއޯގެ ކެޕްޝަންގައި އަޔުޝްމަން ބުނެފައިވަނީ އޭނާ ބޮޑުވަމުން އައިސްފައިވަނީ ކިޝޯރުގެ ލަވަތައް އަޑުއަހަމުން ކަމަށާއި، އެ ލަވަތަކަކީ އޭނާވެސް ލަވަ ކިޔުމުގެ ދާއިރާއަށް ޝައުގުވެރި ކުރުވި ލަވަތަކެއް ކަމަށެވެ.
މި ޕޯސްޓުގައި އަޔުޝްމަން އިތުރަށް ބުނެފައިވަނީ ކިޝޯރުގެ ލަވަތަކަކީ އޭނާގެ މުޅި ހަޔާތުގައިވެސް އުފާވެރިކަމާއި އިންސްޕިރޭޝަން ގެނުވައިދިން އެއްޗެއްކަމަށެވެ. އަޔުޝްމަންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި ފިލްމީ ދާއިރާގެ އެކި ފަަންނާނުން ދަނީ ކިޝޯރުގެ ހަނދާނުގައި އެކި ކަހަލަ ހިތްގައިމު މެސެޖުތައް މީސް މީޑިއާގައި ހިއްސާކުރަމުންނެވެ.
1929 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު އުފަންވި ކިޝޯރު ކުމާރަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން ފިލްމީ ތަރިއެއްވެސްމެއެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން ކިޝޯރު ކުމާރުގެ އެންމެ ފުރަތަމަ މަސައްކަތް ފެށިގެން ދިޔައީ މޫވީ ސްޓޫޑިއޯ، ބޮންބޭ ޓޯކީސްގެ ކޯރަސް ސިންގަރއެއްގެ ގޮތުގައެވެ. ކަޅާ ހުދުގެ ސްކްރީން ތަކުން ވިދާލި ފިލްމީ ތަރި އަދި ރަން އަޑުގެ ވެރިޔާ ކިޝޯރު ކުމާރުގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި; ޔެރާތޭ ޔެމޯސަމް, ގާތާ ރަހޭ މެރަ ދިލް، މެރަ ދިލް މެރި ޖާން، އީނަ މީނަ ޑީކާ، މެރެ ސާމްނެ ވާލީ ކިޑްކީ މެއިން، މެރެ ސަޕްނޯކީ ރާނީ، އަދި ރޫޕް ތެރާ މަސްތާނާ ހިމެނެއެވެ. ކިޝޯރު ކުމާރު އެންމެ ފުރަތަމަ ފިލްމަކުން ފެނިގެން ދިޔައީ 1946 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު ޝިކާރީ އިންނެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގެ އުހުގައި ފިޔަޖަހަމުން ދިޔަ ކިޝޯރު ކުމާރު 1987 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު މުނިފޫހިފިލުވުމުގެ ދާއިރާއިން ރިޓަޔަރ ވިކަން ހާމަކުރިކަމަށް ކުރީގެ ބައެއް ރިޕޯޓުތަކުން ބުނެއެވެ. އެއަށްފަހު އެއަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުގެ ކިޝޯރު ކުމާރުގެ މަރުގެ ހަބަރާއެކު އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ފުން ހިތާމައެއް ކުރިމަތިވެގެންދިޔައެވެ. ކިޝޯރު މަރުވީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.

Growing up with Kishore Da’s music shaped and inspired my own love for singing melodies from the heart. His songs have been a source of comfort, joy, and inspiration throughout my life. Forever grateful to the legend. ✨
— Ayushmann Khurrana (@ayushmannk) August 4, 2024
Happy Birthday Kishore Da🫶🏻 pic.twitter.com/z69WG7Gdri
އެގޮތުން ކިޝޯރު ކުމާރުގެ ލަވަތަކެއްގެ ތަންތަންކޮޅު އެކުލަވައި ހަދާފައިވާ މި ވީޑިއޯގެ ކެޕްޝަންގައި އަޔުޝްމަން ބުނެފައިވަނީ އޭނާ ބޮޑުވަމުން އައިސްފައިވަނީ ކިޝޯރުގެ ލަވަތައް އަޑުއަހަމުން ކަމަށާއި، އެ ލަވަތަކަކީ އޭނާވެސް ލަވަ ކިޔުމުގެ ދާއިރާއަށް ޝައުގުވެރި ކުރުވި ލަވަތަކެއް ކަމަށެވެ.
މި ޕޯސްޓުގައި އަޔުޝްމަން އިތުރަށް ބުނެފައިވަނީ ކިޝޯރުގެ ލަވަތަކަކީ އޭނާގެ މުޅި ހަޔާތުގައިވެސް އުފާވެރިކަމާއި އިންސްޕިރޭޝަން ގެނުވައިދިން އެއްޗެއްކަމަށެވެ. އަޔުޝްމަންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި ފިލްމީ ދާއިރާގެ އެކި ފަަންނާނުން ދަނީ ކިޝޯރުގެ ހަނދާނުގައި އެކި ކަހަލަ ހިތްގައިމު މެސެޖުތައް މީސް މީޑިއާގައި ހިއްސާކުރަމުންނެވެ.
1929 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު އުފަންވި ކިޝޯރު ކުމާރަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން ފިލްމީ ތަރިއެއްވެސްމެއެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން ކިޝޯރު ކުމާރުގެ އެންމެ ފުރަތަމަ މަސައްކަތް ފެށިގެން ދިޔައީ މޫވީ ސްޓޫޑިއޯ، ބޮންބޭ ޓޯކީސްގެ ކޯރަސް ސިންގަރއެއްގެ ގޮތުގައެވެ. ކަޅާ ހުދުގެ ސްކްރީން ތަކުން ވިދާލި ފިލްމީ ތަރި އަދި ރަން އަޑުގެ ވެރިޔާ ކިޝޯރު ކުމާރުގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި; ޔެރާތޭ ޔެމޯސަމް, ގާތާ ރަހޭ މެރަ ދިލް، މެރަ ދިލް މެރި ޖާން، އީނަ މީނަ ޑީކާ، މެރެ ސާމްނެ ވާލީ ކިޑްކީ މެއިން، މެރެ ސަޕްނޯކީ ރާނީ، އަދި ރޫޕް ތެރާ މަސްތާނާ ހިމެނެއެވެ. ކިޝޯރު ކުމާރު އެންމެ ފުރަތަމަ ފިލްމަކުން ފެނިގެން ދިޔައީ 1946 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު ޝިކާރީ އިންނެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގެ އުހުގައި ފިޔަޖަހަމުން ދިޔަ ކިޝޯރު ކުމާރު 1987 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު މުނިފޫހިފިލުވުމުގެ ދާއިރާއިން ރިޓަޔަރ ވިކަން ހާމަކުރިކަމަށް ކުރީގެ ބައެއް ރިޕޯޓުތަކުން ބުނެއެވެ. އެއަށްފަހު އެއަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުގެ ކިޝޯރު ކުމާރުގެ މަރުގެ ހަބަރާއެކު އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ފުން ހިތާމައެއް ކުރިމަތިވެގެންދިޔައެވެ. ކިޝޯރު މަރުވީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު