ސައުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާތަކުގެ ކޮންފަރެންސްގެ ޖަލްސާގެ ސެޝަނެއްގެ ރިޔާސަތު ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބަލަހައްޓަވައިފިއެވެ.
ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ބަލަހައްޓަވާފައި ވަނީ އިސްލާމީ ގައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ހާއްސަ ކޮންފެރެންސްގެ ނުވަ ވަނަ ޖަލްސާގެ ފަސް ވަނަ ސެޝަންގެ ރިޔާސަތެވެ.
މައްކާގައި ކުރިޔަށްދާ މި ސެޝަންގެ ޝިއާރަކީ "މުސްލިމުން ގިނަ ޤައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމައުތަކުގެ އިސްތިގްރާރަށް އޭގެ ސަބަބުން ކުރާ އަސަރު،" މިއެވެ.
ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޒީރު ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފަޟީލަތުއްޝައިޚް ޑރ. އަބްދުއްލަޠީފް އާލުއްޝައިހް އާއިވެސް ބައްދަލު ކުރައްވާފައެވެ.
އިސްލާމީ ހުރިހާ ގައުމަކުންވެސް ބައިވެރިވާ މި ކޮންފަރެންސް މި މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު