ބޮލީވުޑުގެ ނަން މަޝްހޫރު ބަތަލާ މާދުރީ ދިކްޝިތު- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ ނަން މަޝްހޫރު ބަތަލާ މާދުރީ ދިކްޝިތު- ގޫގުލް ފޮޓޯސް
ނަގޭޝް ކުކުނުރޫގެ ކުރިއަށް އޮތް ސީރީސްގައި ސީރިއަލް ކިލާގެ ރޯލުން ބޮލީވުޑުގެ މަޝްހޫރު ބަތަލާ މާދުރީ ޑިކްޝިޓް ފެނިގެންދާނެ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

މިޑްޑޭގައި ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުގައި ނަގޭޝް ކުކުނޫރުގެ ސައިކޮލޮޖިކަލް ތުރިލާ ސީރީސް އެއް ކަމަށްވާ "މިސިސް ދެޝްޕަންޑޭ" ގެ ސީރިއަލް ކިލާގެ ރޯލު މާދުރީ ކުޅޭނެ ކަމުގެ މަޝްވަރާތައް މިހާރު ކުރަމުން ދާ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން ވަނީ އެ ނޫހަށް ދީފައެވެ.

މިޑްޑޭގެ ރިޕޯޓުގައި ބުނެފައިވަނީ މި ސައިކޮލޮޖިކަން ތުރިލާއާ ބެހޭ ގޮތުންވެސް އެ ފަރާތުން މައުލޫމާތު ހިއްސާ ކޮށްފައިވާކަމަށެވެ. އެގޮތުން އޭގައި ބުނެފައިވަނީ މި ފިލްމުގައި ފެނިގެންދާނީ ފުލުހުން ސީރިއަލް ކިލާ އެއްގެ އެހީގައި އެފަދަ އެހެން މީހަކު ހައްޔަރު ކުރަން އުޅޭ ތަން ކަމަށާއި، މި ސީރީސް އަކީ ފްރެންޗު ސީރީސްއެއްގެ ރީމޭކްއެއް ކަމަށެވެ. އަދި ރާވާފައިވާ ގޮތަށް ކަންތައްތައް ކުރިއަށް ދާނަމަ ވިއްސާރަ މޫސުން ނިމުމާއެކު ސީރީސް އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

އަދި މި ސީރީސްގެ ކާސްޓަށް މީހުން ނަގަމުން ދާ ކަމަށާއި މިފަދަ ނުބައި ރޯލަކުން މާދުރީ ފެނިގެންދާތީ އެންމެންވެސް ތިބީ އެ ސީރީސް އުފެއްދުމަށް ކެއްމަދުވެފައި ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

މާދުރީ އަކީ ވަރަށް ގިނަ މީހުންގެ ލޯތްބާއި ތާއީދު ލިބިފައިވާ ސްޓާރެކެވެ. މި ބަތަލާއަކީ ފިލްމުތަކުގެ އިތުރުން ޓީވީ ޝޯތަކާއި، ސީރީސްތަކުންވެސް ފެނިގެންދާ ފަންނާނެކެވެ. މާދުރީ އެންމެ ފަހުން ފެނިފައިވަނީ މަޝްހޫރު ޑާންސް ޝޯއެއް ކަމަށްވާ ޑާންސް ދިވާނޭ 4 ގެ ޖަޖެއްގެ ގޮތުގައެވެ. އަދި އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ބޫލު ބުލައްޔާ ތިނަކުން ކަމަށްވެސް ހަބަރުތަކުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން