އަވައްޓެރި އިންޑިޔާގައި އުމުރުން 21 އަހަރުގެ ޒުވާން އަންހެނަކަށް އެއްމާބަނޑު ހަތަރު ކުދިން ލިބިއްޖެއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި މި އަންހެން މީހާ ވިހާފައި ވަނީ ހޮސްޕިޓަލަށެވެ. އަދި އޭނާ އަށް ހަތަރު ކުދިން ލިބިފައިވާއިރު އެ ކުދިން ނޭވާލުމުގައި އުނދަގޫތަކެއް ހުރިކަމަށް ފާހަގަވުމުން ހޮސްޕިޓަލުގައި ހާއްސަ ސަމާލުކަމެއް ދީގެން އެ ކުދިންގެ ކަންކަން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

އެއްމާބަނޑު ހަތަރު ކުދިންގެ ތެރެއިން ދެ ކުދިންނަކީ ފިރިހެން ކުދިން ކަމަށާއި އަނެއް ދެ ކުދިންނަކީ އަންހެން ކުދިން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

"ޑައުސާގެ ރައްޔިތެއް ކަމަށްވާ ސަންތޯޝް ޕްރަޖަޕަތީ، 21، ހޮސްޕިޓަލުގެ ޔުނިޓް-6 ގައި އެޑްމިޓް ކުރީ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު. ހޯމަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް އަށެއް ޖަހާކަންހާއިރު އެ އަންހެން މީހާ ވަނީ ހަތަރު ކުދިން ވިހައިފަ." . ހޮސްޕިޓަލް ސުޕްރިންޓެންޑެންޓް އާޝާ ވަރްމާ ބުންޏެވެ.

އެ ކުދިންގެ ބަރުދަން ދަށްކަމަށް ފާހަަގަވެފައިވާއިރު، އެކުދިން ތިބީ އަވަސް ފަރުވާ ދެވޭނެ ގޮތަށް ހާއްސަ މެޑިކަލް އޮބްޒަވޭޝަނެއްގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަވެ. އެގޮތުން އެ ކުދިން ތިބީ އެންއައިސީޔޫގައި އޮކްސިޖަން ސަޕޯޓްގެ އެހީގައެވެ.

ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖެއްގެ ބަރުދަނުގައި އެއް ކިލޯ ހުރިއިރު، އެއްކުއްޖެއްގެ ބަރުދަނުގައި 700 ގްރާމް އަދި އަނެއް ކުއްޖާގެ ބަރުދަނުގައި 930 ގްރާމް ހުއްޓެވެ.

ހޮސްޕިޓަލުން ބުނީ އަންހެން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ކުދިންނަށް ނޭވާލުމުގައި އުނދަގޫތަކެއް ހުރި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން