ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ސޯލާ ޕެނަލް ހަރުކުރަން ނިންމައިފިއެވެ.
ފެނަކައިގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ސޯލާ ހަރުކުރާ ޕްރޮގްރާމްގެ ދަށުން މުޅި ޖުމުލަ 5.2 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ ކަމަށެވެ.
އެ މަޝްރޫއަށް 92 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ފެނަކައިން އަންދާޒާ ކުރާ ގޮތުގައި އެ މަޝްރޫއުގެ ދަށުން އަހަރަކު 2.6 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. އެއީ އަހަރަކު 19.9 މިލިއަން ރުފިޔާގެ ޑީސަލް ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ އެ މަޝްރޫގެ ދަށުން 18 އަދި 30 ކވގެ ގްރިޑް ޓައިޑް ސޯލާ ހަރުކުރެވޭއިރު މި މަޝްރޫއު ފޯމިއުލޭޓްކޮށް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފެނަކައިން މިހާރު ދަނީ 157 ރަށެއްގައި ފެނާއި ކަރަންޓުގެ ޚިދުމަތް ދެމުންނެވެ،

ކިޔުންތެރިންގެ ހިޔާލު