ފޮޓޯ: ފެނަކަ
ފޮޓޯ: ފެނަކަ
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށާއި، ހުޅުދޫ، މީދޫ އަދި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކުރުމާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފެނައިން ބުނީ، މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސައިން ކަމަށެވެ.

އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ އަވަށަކާއި ފުވައްމުލައް ސިޓީގައި ދެމުން އަންނަ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.

މި ބަދަލަކީ އެ ސަރަޙައްދުތަކުގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ގެނެވުނު މުހިންމު ބަދަލެކެވެ.



ކިޔުންތެރިންގެ ހިޔާލު