އަތޮޅު ހޮސްޕިޓަލެއްގައި ޤާއިމުކޮށްފައިވާ ޑަޔަލިސިސް މެޝިނެއް
އަތޮޅު ހޮސްޕިޓަލެއްގައި ޤާއިމުކޮށްފައިވާ ޑަޔަލިސިސް މެޝިނެއް
އަތޮޅު ހޮސްޕިޓަލްތަކުގައި މިއަހަރު ނިމެންވާއިރަށް ޑަޔަލިސިސްގެ ޚިދުމަތް ގާއިމުކުރަށްވާނެ ކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޚަލީލް ވިދާޅުވީ މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ އަތޮޅު ހޮޕިސްޓަލްތަކެއްގައި ޑަޔަލިސިސް ސެންޓަރުތައް ގާއިމުކުރެވި ޚިދުމަތް ދޭން ފެށޭވަރުވާނެ ކަމަށެވެ.

އެގޮތުން މިވަގުތު އެންމެ އިސްކަމެއް ދެއްވަނީ މިހާރު ގާއިމުވެފައި ހުރި އަތޮޅު ހޮސްޕިޓަލުތަކުގައި އެޚިދުމަތް ފެށުމަށް ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.

އަދި މިހާރު އެޚިދުމަތަށް ބޭނުންވާ ސިއްޙީ އާލާތްތައް ޕްރޮކިއޮރ ކުރެވި ޖާގަނެތް ހޮސްޕިޓަލުތަކުގައި ޖާގަ އިތުރުކުރުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

ހަމައެއާއެކު ކުރިޔަށް އޮތް ތާނގައި އާބާދީ ބޮޑު އަދި ޑަޔަލަސިސް ފަރުވާ ހޯދަންޖެހޭ މީހުން ގިނަ ރަށްރަށުގައި ޑަޔަލަސިސް ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަށްވާނެކަމަށް ޚަލީލް ވަނީ މިއަދު ވިދާޅުވެފައެވެ.

ޑރ. ޚަލީލް މިހެން ވިދާޅުވެފައިވާއިރު މާލެ ސަރަަހައްދުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި، އުނގޫފާރު، ގދ. ތިނަދޫ، ލ. ގަން، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މިހާރުވެސް ޑައިލިސިސްގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން