މި އަހަރު ފަހުކޮޅު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކަމާލާ ހޭރިސް އެކަމަނާގެ ރަނިން މޭޓަކަށް ޓިމް ވޮލްޒް ހަމަޖައްސަވައިފި އެވެ.
ޓިމް ރަނިން މޭޓަކަށް ހަމަޖެއްސެވިކަން ކަމާލާ ހާމާކުރެއްވީ ރޭގެ ވަގުތެއްގަ އެވެ.
އަދި ރަނިން މޭޓެއްގެ ގޮތުގައި ޓިމް ކެމްޕޭނަށް ނުކުންނަވާނެ ކަން ކަމާލާ ރޭ ހާމަ ކުރެއްވި އެވެ.
ޓިމް އަކީ މިހާރުވެސް އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ގަަވަރުނަރެވެ.
ހޭރިސް ވިދާޅުވީ މިނެސޯޓާއަށް ކަންތައްތައް ކޮށްދެއްވުމުގެ ވަރަށް ފުރިހަމަ ޓްރެކް ރެކޯޑެއް ޓިމްގެ އެބައޮތް ކަމަށެވެ. އެހެންކަމުން މުޅި އެމެެރިކާއަށް ވެސް ކަންކަން ފުރިހަމައަށް ކަންކަން ކޮށްދެއްވާނެ ކަމުެގ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ޓިމް އައްޔަނުކުރެއްވުމުން އެެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ހޭރިސްއާއި ޓިމްއަކީ ވަރުގަދަ ޓީމަކަށް ވާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.
ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް އަދި މިފަހަރުގެ އިންތިހާބުގައި ރިޕަބްލިކަންގެ ކެނޑިޑޭޓް ޑޮނަލްޓް ޓްރަމްޕް ވިދާޅުވީ ޓިމްއަކީ މާ މިނިވަން ހިޔާލުގެ ބޭފުޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު