ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމު ގޮތުންން ރާއްޖޭގެ ދަނޑުވެރިންނަށް މެޝިނަރީއާއި ޓެސްޓް ކިޓް ޗައިނާއިން ހަދިޔާ ކޮއްފި އެވެ.
މި މެޝިނަަރީއާއި ޓެސްޓު ކިޓް ހަދިޔާކުރީ ޗައިނާއާ ރާއްޖެ ގުޅިގެން މިހާރު ކުރިއަށްދާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސްގައެވެ.
އެ ތަކެތި ރާއްޖެއާ ހަވާލުކުރީ ޗައިނާގެ ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން ނެވެ
އިއްޔެ ފެށި އެ ކޮންފަރެންސްގައި އެ ތަކެއްޗާ ހަވާލުވެ ވަޑައިގެންނެވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އެވެ.
ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމު ގޮތުން ދިވެހި ސަރުކާރާއި ޗައިނާގެ 'ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒާއި 'ސިޝުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސާ' ދެމެދު އިއްޔެ ވަނީ އެމްއޯޔޫއެއްގައިވެސް ސޮއިކޮށްފަ އެވެ.
އެ އެމްއޯޔޫގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ފަސޭހަކަމާއެކު ހެއްދޭ ތަފާތު ބާވަތްތަކުގެ ތަރުކާރީއާއި މޭވާއާއި އާ ބާވަތްތައް ރާއްޖެއަށް ތައާރަފްކޮށްދިނުމާއި، އެބާވަތްތައް ގޮވާންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންދީ ނަމޫނާ ދައްކައިދިނުން ހިމެނޭ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީ ކުރުމާއި ގުޅުންހުރި ޒަމާނީ ޓެކްނޮލޮޖީ ތަކާއި ގުޅޭގޮތުން ލަފަޔާއި އިރުޝާދު ދިނުން އެމްއޯޔޫގެ މަޤްސަދުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު