ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެޕަށް އަނެއްކާވެސް މައްސަލައެއް ދިމާވެ އެޕް ޑައުންވެއްޖެ އެވެ.
ބީއެމްއެލްގެ ރަސްމީ އެކައުންޓުން އެކްސްގައި މިއަދު ހެނދުނު ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެޕްގެ ހިދުމަތަށް ބުރޫއަރާފައިވާ ކަަމަށެވެ.
އަދި އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
"ހިދުމަތް މެދުކެނޑުމުން ލިބޭނެ ދަތިތަކަށް މާފަށް އެެދެން." ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ އެޕް މިދިޔަ ބުރާސްފަތި ދުވަހުވެސް ޑައުންވި އެވެ. އެއީ އޮޅިގެން ބައެއްގެ އެކައުންޓަށް 77 ބިލިއަން ޑޮލަރު ޖަމާވި ހާދިސާއަށް ފަހު އެވެ.
އެ ދުވަހު ގިނަ އަދަދެއްގެ ބަޔަކަށް އޮޅިގެން ބޮޑެތި އަދަދުން ފައިސާ ޖަމާކުރި ކަމަށް ވެއެވެ. ނަމަވެސް އެ ފައިސާ އަލުން ރިކަވާވި ކަަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ އެކައުންޓް ތަކުން އޮޅުވާލައިގެން ފައިސާ ފޭރުމާއި ތަކުރާރުކޮށް މިފަދަ ޓެކްނިކަލް މައްސަލަތައް ދިމާވަމުންދާތީ ގިނަބައެއްގެ އިތުބާރު ގެއްލި ފާޑުކިއުންތައް ބޭންކަށް އަމާޒުވަމުން ދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު