މާލޭ ސިޓީ ކައުންސިލަށް އިންތިޚާބުވި އާ ކައުންސިލަރުން ހުވާކުރުން-- ފޮޓޯ/ ޕީއެސްއެމް ނިއުސް
މާލޭ ސިޓީ ކައުންސިލަށް އިންތިޚާބުވި އާ ކައުންސިލަރުން ހުވާކުރުން-- ފޮޓޯ/ ޕީއެސްއެމް ނިއުސް
މާލޭ ސިޓީ ކައުންސިލަށް އިންތިޚާބުވި އާ މެމްބަރުން ހުވާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކެއް ހުސްވީ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލްގެ ކުރީގެ މެންބަރު އަޙްމަދު ޟަމީރުއާއި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ ކައުންސިލް މެންބަރު އަޙްމަދު އައިފާން އަދި ހުޅުމާލެ ދާއިރާގެ ކުރީގެ ކައުންސިލް މެންބަރު އަހުމަދު ޝުޖާޢު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވައި ހޮވިވަޑައިގަތުމުން އެ ތިން ބޭފުޅުންވެސް އިސްތިއުފާ ދެއްވުމުންނެވެ.

އެއަށްފަހު މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ ބައި-އިލެކްޝަން ބާއްވައި އަލުން އެ ދާއިރާތަކަށް ކައުންސިލަރުން އިންތިޚާބުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން ހުސްވި ތިން ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެގޮތުން، އިންތިޚާބުވި ކެންޑިޑޭޓުންނަކީ މައްޗަންގޮޅި މެދު ދާއިރާއަށް އިޝާން ޢަލީއާއި ހެންވޭރު ހުޅަނގު ދާއިރާއަށް ފާޠިމަތު ޝައުފާ ސަލީމާއި ހުޅުމާލެ ދާއިރާއަށް ޢަލީ އައިމަންއެވެ.

މިއަދު ހެނދުނު މީރުމާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ތިން ކައުންސިލަރުންވެސް ވަނީ ހުވާކުރައްވާފައެވެ.

އެ ތިން މެމްބަރުންނަށް ހުވާ ލައިދެއްވީ ޑްރަގު ކޯޓޫގެ ޤާޟީ މުޙައްމަދު ސަމީރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން