ފޮޓޯ: ސަންގުޓީވީ
ފޮޓޯ: ސަންގުޓީވީ
ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކައުންސިލްތަކުން ބޭނުންވާ ފަޅުރަށްތައް ހޯދުމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ހުށަހެޅީ 4 ކައުންސިލަކުންކަމަށް ލޯކަލްގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް އިންތިހާބުވި މެންބަރުން ހުވާކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކޮންމެ ކައުންސިލަކަށް 25 އަހަރަށް ފަޅު ރަށެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ނިންމެވި ނިންމުމެއް ކަމަށެވެ.

އަދި އެކަމަށްޓަކައި ހުޅުވާލި ފުރުސަތުގައި މިހާތަނަށް 4 ކައުންސިލަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށާއި މިހާރު ކުރިއަށްދަނީ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ މަސައްކަތްތައް ނިމުމުން ދެން ޕްރޮޕޯސަލްތައް ފޮނުވާނީ ރައީސް އޮފީހަށް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕްރޮޕޯސަލް ހުށަހަޅާފައިވާ ކައުންސިލްތަކަކީ، ރ. އިގުރައިދޫ ކައުންސިލާއި ދ. ކުޑަހުވަދޫ ކައުންސިލާއި މ. އަތޮޅު ކައުންސިލް އަދި ލ. މާވަށު ކައުންސިލެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން