ފަލަސްތީނުގެ ނަސްލު ނައްތާލަން ކުރާ މަސައްކަތް ނިމުމަކަށް ގެނެވޭނީ އެއްވެސް ގައުމެއް އިސްތިސްނާ ނުވާހެން ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކުރުމުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މޫސާ ޒަމީރު މިހެން ވިދާޅުވީ ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ދެމުންދާ ހަމަލާތަކާ ގުޅޭ ގޮތުން ހާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ދެއްވި ތަގުރީރުގައެވެ.

މިނިސްޓަރު މޫސާ ޒަމީރުގެ ތަގްރީރުގައި އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެެވެ. މިނިސްޓަރު ވިދާޅުވީ ވަކި ގައުމެއް ނުވަތަ ގައުމުތަކެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނު ތަންފީޒުކުރުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާއެއްކަމަށެވެެ. ހަމައެއާއެކު، ހަނގުރާމަ ވަގުތުން ހުއްޓާލައި ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރުމަކީ މި ވަގުތައް އެންމެ މުހިންމުކަން ދޭންވީ ކަމެއް ކަމުގައި މިނިސްޓަރުގެ ޒަމީރުގެ ތަގްރީރުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ދެގޮތެއްނުވެ ފަލަސްތީނާއެކު ތިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެެއްވާފައެވެ. ހަމައެއާއެކު، މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމަކަށް ހެދުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެ އިތުރުން، މިނިސްޓަރު ޒަމީރު ވަނީ ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފައިވާތީ، އެކަން ކުށްވެރިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން