މިޒަމާނަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ޒަމާނެއްކަމުން އަޅުގަނޑުމެން ގިނަ ވަގުތު ހޭދަކުރަނީ ޓެކްނޮލޮޖީ ވަސީލަތްތައް ބޭނުން ކުރުމުގައެެވެ. އަދި ހަމަ އެހެންމެ ދުވަސް ފެށިގެން ނިމޭއިރު ގިނަ ވަގުތު ހޭދަ ކުރަނީ ކޮންމެވެސް ކަހަކަ ސްކުރީނެއް ބެލުމުގައެވެ.
މާ ގިނައިރު ސްކްރީނަށް ބަލާ ނަމަ މީހާގެ ލޮލުގެ ފެނުމަށް އަސަރުތަކެއް ކުރެއެވެ. ސްކުރީނުގައި ހުންނަ ބުލޫ ލައިޓުގެ ސަބަބުން މީހާގެ ލޮލަށް އެކިއެކި މައްސަލަތައް ކުރިމަތިވެއެވެ. ލޮލުގެ ފެނުން ރަނގަޅު ކުރަން ބޭނުންވާނަމަ އެންޓި ބްލޫ ލައިޓު އައިނު އެޅުމަށް ވަރަށް ގިނަ ޑޮކްޓަރުން އިރުޝާދު ދެއެވެ. ނަމަވެސް އައިނު އަޅަން ބޭނުން ނުވާނަމަ ތަފާތު އެކި ވައްތަރުގެ ކާނާގެ ބާވަތްތައް ބޭނުން ކުރުމުންވެސް ލޮލުގެ ފެނުން ރަނގަޅުވެއެވެ. ތިރީގައި މި ހިމަނާލަނީ ލޮލުގެ ފެނުން ރަނގަޅު ކުރަން ބޭނުންނަމަ ކާންވީ ބައެއް ކާނާގެ ބާވަތްތަކެވެ.
ބްރޮކޮލީ
ބޮރޮކޮލީ އަކީ ވަރަށް ގިނަ ބަޔަަކަށް ކަމުދާ ތަރުކާރީގެ ބާވަތެކެވެ. ބޮރޮކޮލީ އަކީ ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ތަރުކާރީއަކަށްވީއިރު މިއީ ލޮލުގެ ފެނުން ރަނގަޅު ކުރުމަށްވެސް އެހީވެދޭ ތަރުކާރީއެކެވެ. އޭގައި އެކުލެވިގެންވާ ވިޓަމިން ސީ އަކީ އޮކްސިޑޭޓިވް ސްޓްރެސް އިން ދުރުކޮށްދިނުމަށް މަސައްކަތް ކުރާ މާއްދާއެއް ކަމުން ބޮރޮކޮލީ ކެއުމުން ކެޓެރެކްޓުތަކުން ލޯ ރައްކާތެރި ކޮށްދެއެވެ. އަދި މީގެ އިތުރުން އޭގައި ހިމެނޭ ސަލްފޮރާފޭން ނަމަކަށް ކިޔާ މާއްދާއަކީ ގްލައުކޯމާ ފަދަ ބަލިތަކުން ލޯ ރައްކާތެރި ކުރުމަށް އެހީވެދޭ މާއްދާއެކެވެ.
ކައްޓަލަ
ކައްޓަލަ އަކީ ޑައިޓު ކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. މިއީވެސް ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މި ބޭނުން ކުރުމުންވެސް ލޮލުގެ ފެނުން ރަނގަޅު ވެއެވެ. ކައްޓަލަ އަކީ ގިނަ އަދަދަކަށް ބީޓާ ކެރޮޓީން އެކުލެވިގެންވާ އެއްޗެކެވެ. މީހާގެ ހަށިގަނޑުން މި މާއްދާ ވިޓަމިން އޭ އަށް ބަދަލު ކޮށްދެއެވެ. ވިޓަމިން އޭއަކީ ލޮލުގެ ފެނުން ރަނގަޅު ކުރުމަށް އެހީވެދޭ މާއްދާއެކެވެ. ކައްޓަލައިގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ބޭނުންވާނަމަ ފެނު ކައްކައިގެން ބޭނުން ކުރުމަށް ދިރާސާވެރިން އިރުޝާދު ދެއެވެ.
ބިސް
ބިހަކީ ވަރަށް ގިނަ މީހުން ހެނދުނު ސަޔަށް ބޭނުން ކުރާ އެއްޗަކަށް ވީއިރު ބިހަކީވެސް ލޮލުގެ ފެނުން ރަނގަޅު ކޮށްދޭ ކާނާގެ ބާވަތެކެވެ. ބިހުގެ ރީނދޫ ބަޔަކީ އޭގައި ގިނަ އަދަދަކަށް ލޫޓެއިން ހިމެނޭ އެއްޗަކަށް ވުމުން މި ބޭނުން ކުރުމުން ދޮށީ އުމުރުގައި ޖެހޭ ލޮލުގެ ބަލިތަކުން މީހާ ރައްކާތެރި ކުރުމަށް އެހީވެއެވެ. އަދި މީގެ އިތުރުން ބިހަކީ ޒެކްސެންތިން ނަމަކަށް ކިޔާ ކެރެޓޮނޮއިޑެއްވެސް އެކުލެވޭ އެއްޗެކެވެ. މިއީވެސް ލޮލުގެ ފެނުން ރަނގަޅު ކޮށް ދިނުމަށް އެހީވެދޭ މާއްދާއެކެވެ.

ކިޔުންތެރިންގެ ހިޔާލު