ބޮލީވުޑުގެ ނަންވިދާ ތަރިއެއް ކަމަށަވާ ސަނީ ޑިއޯލްގެ ފިލްމު "ލާހޯރު 1947" ގެ ޝޫޓިން ނިމޭނީ ރޭލު ސީކުއެންސަކުން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އީ ޓައިމްސް އިން ނެރުނު އެކްސްކުލޫސިވް ރިޕޯޓެއްގައި ބުނެފައިވަނީ މި ފިލްމުގެ ޝޫޓިން މިހާރު ނިމުމަކާ ގާތަށް އާދެވިފައިވާ ކަމަށެވެ. އަދި މި ފިލްމުގެ ޝޫޓިން ނިންމާލާނީ ރޭލު ދަތުރަކުން ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން މި ދަތުރަކީ ފިލްމުގެ ކެރެކްޓަރުން އިންޑިއާއިން ފެށިގެން ޕާކިސްތާނަށް ކުރާ ދަތުރެއް ކަމަށް މި ރިޕޯޓުގައި ވެއެވެ. އަދި މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާފަދަ މަންޒަރުތަކެއް މިފިލްމުން ފެންނާނެ ކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.
ލަކްނައު އިން ލާހޯރަށް ދިރިއުޅުން ބަދަލު ކުރި އާއިލާއެއްގެ މައްޗަށް ބިނާވެފައިވާ މިފިލްމުން ފެނިގެންދާނީ މި އާއިލާ ލާހޯރަށް ބަދަލު ވުމަށްފަހު ހިންދޫ އާއިލާއަކުން ދޫކޮށްފައި ދިޔަ ގެއެއްގައި ދިރިއުޅެން ފަށާ މަންޒަރެވެ. އެއާއެކު ދެން އެނގިގެންދަނީ އެއާއިލާގެ އިތުރުން އެގޭގައި ހިންދޫ އަންހެނަކު ދިރިއުޅޭކަމެވެ. މިހިސާބުން މައްސަލަތައް ބޮޑުވެ ތަފާތު އެކި ގޮންޖެހުންތަކާއި އައިލާއަށް ކުރިމަތިލާން ޖެހެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިފިލްމުގެ ކްލައިމެކްސް އިން އިންޑިއާ ޕާކިސްތާނު ޕާޓިޝަން ޒަމާނުގެ ކަންތައްތަށް ވަރަށް ފުރިހަަމައަށް ފެނިގެންދާއިރު، ލާހޯރު 1947 ގެ ސީކުއެލް ވެގެންދާނީ އެންމެ ފަހުން ސަނީ ކުޅެފައިވާ ފިލްމު "ގަދަރު 2" ގެ ކާމިޔާބީއަށް ފަހު އޭނާ ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.
ރާޖުކުމާރު ސަންތޯޝީ ޑައިރެކްޓުކޮށް، އާމިރު ޚާން ބެކް ކުރާ ލާހޯރު 1947 ގައި ސަނީ ޑިއޯލުގެ އިތުރުން އޭނާގެ ދަރިފުޅު ކަރަން އާއި އަލީ ފާޒަލް އަދި އަބިމަންޔޫ ސިންގު މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އަދި ލާހޯރުގައި ދިރިއުޅޭ ހިންދޫ އަންހެން މީހާގެ ރޯލުން ފެނިގެންދާނީ ޝަބާނާ އަޒުމީއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމު ސިނަމާ ތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 26 ޖެނުއަރީ 2025 ގައެެވެ.

ކިޔުންތެރިންގެ ހިޔާލު