ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ހުރި ދިވެހި އަންހެނަކު ޑްރަގާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އަންހެން މީހާ ޑްރަގާއެކު ހައްޔަރުކުރީ އެއާޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލުން ކަމަށެވެ.

ތިރީސް އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަންހެން މީހާ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 209 ގުރާމު ކަމަށެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންގެންދާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މަސްތުވާތަކެތި އަތުލައިގަންނަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން