ޕުޝްޕާ 2 ގެ ބަތަލު އައްލޫ އަރުޖުން- ގޫގުލް ފޮޓޯސް
ޕުޝްޕާ 2 ގެ ބަތަލު އައްލޫ އަރުޖުން- ގޫގުލް ފޮޓޯސް
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ޕުޝްޕާ 2" ގެ އެންމެ ފަހު ޝޫޓިންތައް ސްރީލަންކާގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ތަކުން ރިޕޯޓު ކޮށްފިއެވެ.

އައްލޫ އަރުޖުންގެ ފިލްމު "ޕުޝްޕާ 2: ދަ ރޫލް" އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމަކަށް ވީއިރު، މިހާރު މި ފިލްމުގެ އެންމެ ފަހުގެ ޝޫޓިންތައް ކުރަމުން ދާކަމަށް ޕިންކް ވިލާގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ. އަދި މި އަންނަ މަހު މި ފިލްމުގެ ބައެއް ޝޫޓުތައް ލަންކާގެ ޖަންގަލި ތަކުގައި ކުރެވޭނެ ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

ޕުޝްޕާ އަކީ ވަރަށް ގިނަ ބަޔަކަށް ކަމު ދިޔަ، އަދި ބޮކްސް އޮފީހުގައި ވަރަށް ކުރިއެރުން ލިބުނު ފިލްމަކަށް ވުމުން މި ފިލްމުގެ ސީކުއެލް އަކީވެސް ވަރަށް ފުރިހަމަ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދަނީ އުންމީދު ކުރަމުންނެވެ. އަދި ޕުޝްޕާ 2 ގައި އައްލޫގެ ކެރެކްޓަރު "ޕުޝްޕާ" އޭނާގެ ސްމަގުލް ކުރާ ވިޔަފާރި އިތުރަށް ފުޅާ ކޮށް، ވަށައިގެންވާ ގައުމުތަކުގައިވެސް ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ސަބަބުން، މި ފިލްމުގެ ކެރެކްޓަރުން ކުރަންޖެހޭ މަސައްކަތް އިތުރު ވެފައި، ދައްކަން ޖެހޭ ހުނަރުވެސް ބޮޑެވެ.

ޕުޝްޕާ 2 ގައި އައްލޫ އަރުޖުންގެ އިތުރުން ރަޝްމިކާ މަންދާނާ އާއި ފަހާދު ފައިސަލުވެސް ޕުޝްޕާގެ ފުރަތަމަ ފިލްމުގައި އެމީހުން ކުޅުނު ރޯލުތައް އަލުން ކުޅޭނެއެވެ. އެންމެ ފުރަތަމަ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވީ އޮގަސްޓު 15 ގައި ކަމަށް ވީނަމަވެސް ތަފާތު އެކި ކަންކަމާ ހުރެ ފިލްމުގެ ޝޫޓިން ލަސްވުމާ ގުޅިގެން ފިލްމު ރިލީޒް ކުރުން ވަނީ މިހާރު ޑިސެމްބަރު މަހަށް ފަސްކުރެވިފަައެވެ. ނަމަވެސް މި ފިލްމު އުފެއްދި ފަރާތުން ވަނީ މި މަހު މި ފިލްމުގެ ޓީޒާއެއްގެ އިތުރުން ދެ ލަވަ ވެސް ރިލީޒް ކޮށްފަައެވެ. އަދި މި ލަވަތަކަށް ވެސް ވަރަށް ގިނަ މީހުންގެ ތަރުހީބު ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން