ލިޔެވިފައިވާ ވަކި ގަނޫނުއަސާސީއެއް ނެތިވެސް އިންސާނާއަށް ރައްކާތެރިކަމާ ހިމާޔަތް ކަށަވަރުކޮށްދޭތަން ފެންނަމުންދާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ލިޔެވިފައިވާ ވަކި ގާނޫނުއަސާސީއެއް ނެތި ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުގެ ގޮތުގައި އޮތް އިނގިރޭސިވިލާތުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި މަތީން ވިދާޅުވީ ގާނޫނުތައް ކިތަންމެ ގިނައިން ހެދިފައި ހުރިކަމުގައި ވިޔަސް ތަންފީޒު ކުރާނެ ބަޔަކާއި އެ ގާނޫނުތަކަށް އަމަލު ކުރާނެ ބަޔަކު ނެތް ނަމަ އެއަކުން އެއްވެސް ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.
ޢަބްދުލްމަތީން މުޙައްމަދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލިޔެވިފައިވާ ގާނޫނުއަސާސީއެއް ނެތި ވެސް އިންސާނާއަށް ރައްކާތެރިކަމާ ހިމާޔަތް ކަށަވަރު ކޮށްދޭތަން މިއަދު ފެންނަމުންދާ ކަމަށެވެ. އަދި ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައިގެން މީހުންގެ މެދުގައި ރުޅިވެރިކަމާ ނަފްރަތު ފެތުރުމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީ ތަކުގައިވެސް ބަލައިގަންނަ ކަމެއްނޫންކަން ބުނެދެމުންދާކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވަނީ ރާއްޖޭގައި ގާނޫނުތަކަށް އަމަލުކުރާ ގޮތަށްވެސް އަލިއަޅުއްވާ ލައްވާފަ އެވެ. އެގޮތުން ރާއްޖޭގައި ގާނޫނު ލިޔެވިފައި އޮތް އިރުގައި ކުށެއް ކޮށްގެން މީހަކު ބަންދު ކުރެވި އޭނާގެ މައްޗަށް ހުކުމް ނުކުރެވި ވާނުވާގައި އެތައް މަހެއް ވަންދެން ބަހައްޓާކަމަށެވެ. އަދި ބައެއް ކުއްވެރިންނަށް އަދަބު ދެވޭތަން ނުފެންނަ ކަމަށާއި އޭގެ ސަބަބުން އަނިޔާ ލިބޭ މީހާއަށް އިންސާފު ނުލިބޭ ކަމަށް ވެސް މަތީން ވިދާޅުވި އެވެ. އަދި މުޖްތަމައުތެރޭގައި ރައްކާތެރިކަމެއްވެސް ނޯންނަ ކަމަށް މަތީން ވިދާޅުވިއެވެ.
“ފެނިގެން އެ ދަނީ ގާނޫނު ތަންފީޒުވާތަން، ހައްގުތައް ހިމާޔަތް ކުރެވޭތަން، އަޅުގަނޑުމެން އެބަޖެހޭ އެކަން ދަސްކުރަން.” މަތީން ވިދާޅުވިއެވެ.
ގާނޫނުއަސާސީ ލިޔެވި ފެންނަން އޮތް ތަންތަނާ ޚިލާފަށް ގާނޫނުއަސާސީއެއް ނުލިޔެ އޮތް އިނގިރޭސިވިލާތުގައި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް މިފަހަރުވެސް ފެނިގެން ދިޔައީ 24 ގަޑިއިރުގެ ތެރޭގައި ހުކުމް ކުރެވިގެން ދިޔަ ތަން ކަމަށް މަތީން ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރަމުން ދަނީ އެގައުމުގެ ހުޅަނގު އުތުރުގެ ސައުތުޕޯޓުގައި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަދެ ކުޑަކުދިންތަކަކަށް ވަޅިން ހަމަލާދީ މަރާލުމުން އެކަން ކުރީ މުސްލިމުން ކަމަށް ބުނުމާ ގުޅިގެންނެވެ.
މި އަނިޔާވެރި އަމަލު ހިންގީ މުސްލިމުން ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑުފަތުރާފައިވި ނަމަވެސް އިނގިރޭސި ސަރުކާރުން ވަނީ މި ހަމަލާ ދިނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އެގައުމުގެ ރައްޔިތެއް ކަމަށް ބުނެފައެވެ. އަދި އެއީ މުސްލިމެއް ނޫންކަން ފަހުން ވަނީ ކަށަވަރު ވެފައެވެ. އެގައުމުގައި މިހާރު ހިނގަމުން ދަނީ ނަސްލީ ތަފާތުކުރުންތަކެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު