އިންޑިޔާ އަކީ ރާއްޖޭގެ ޒަމާންވީ ބައިވެރިއެއް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރެ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި އަދީބު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިޔާ އަކީ ރާއްޖެއާ ގާތް އަދި އަވައްޓެރި ގައުމެއް ކަމަށާއި ދެގައުމުގެ އެކިވެރިކަން ބިނާވެފައިވަނީ ދެފަރާތުގެ މަސްލަހަތުތަކުގެ މައްޗަށް ކަމަށެވެ.
މިފަދައިން އަދީބު ވިދާޅުވެފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންވާގޮތަށް ހަމަޖެހިފައި ވަނިކޮށެވެ.
ޖައިޝަންކަރު ތިން ދުވަހުގެ މުއްދަތައް ރާއްޖެއަށް ކުރައްވާ މި ދަތުރުގައި ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުއިއްޒު ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޖައިޝަންކަރާ ވަނީ ބައްދަލު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު