މުރަނގަ ތޮޅިއާއި ފަތް- ގޫގުލް ފޮޓޯސް
މުރަނގަ ތޮޅިއާއި ފަތް- ގޫގުލް ފޮޓޯސް
މުރަނގަ ގަހުގެ ފަތާއި، މުރަނގަތޮޅި އަކީ ދިވެހިން އެކި ގޮތްގޮތަށް ބޭނުން ކުރަމުން އަންނަ އެއްޗިއްސެވެ. މުރަނގަފަތް ތެލުލައިގެން ކާއިރު، އޭގެ ތޮޅިން ކިރުގަރުދިޔަ ކައްކައިގެން ކެއުމަކީވެސް ދިވެހިންގެ މެދުގައި ވަރަށް އާންމު ކަމެކެވެ. މި ދެ ބާވަތަކީވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި ދެ ބާވަތެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ މި ދެ ބާވަތުން ހަށިގަނޑަށް ލިބިދޭ ފައިދާކެވެ.

ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ:



މުރަނގަތޮޅިއާއި މުރަނގަފަތަކީ މީހާގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށް އެހީވެދޭ ދެ ބާވަތެވެ. މީގައި އެކުލެވިގެންވާ ވިޓަމިން ސީ އަކީ އިންފެކްޝަންތަކާއި އެކިކަހަލަ ބަލިތަކުން މީހާގެ ހަށިގަނޑު ރައްކާތެރިކުރުމަށް އެހީވެދޭ މާއްދާއެކެވެ. އެހެންކަމުން ގަވާއިދުން މި ދެ ބާވަތް ބޭނުންކުރާނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، މީހާ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ.

ގޮހޮރުގެ މައްސަލަތައް ހައްލުކޮށްދޭ:



މި ދެ ބާވަތަކީވެސް ގޮހޮރުގެ އެކިއެކި މައްސަލަތައް ހައްލުކުރުމަށް އެހީވެދޭ ދެ ބާވަތެވެ. މިއީ ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވާ ބާވަތްތަކެއްކަމުން، މި ބޭނުން ކުރުމުން ކާއެއްޗެހި ހަޖަމުކުރުމަށް އެހީވެދެއެވެ. އަދި ގޮހޮރަށް ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމަށްވެސް އެހީވެއެވެ. އަދި ގޮހޮރަށް ބޭނުންވާ ޖަރާސީމު އުފައްދައިދީ، ބަނޑުހަރުވުން ފަދަ ބަލިތަކުން މީހާ ދުރުކޮށްދެއެވެ.

އެންޓި އިންފްލެމޭޓަރީ ޕްރޮޕަޓީތައް ހިމެނޭ:



މުރަނގަތޮޅި އާއި މުރަނގަފަތް ބޭނުން ކުރުމުން މީހާގެ ހަށިގަނޑު ދުޅަވުން ކުޑަކޮށްދީ، އާތުރައިޓިސް ފަދަ ބަލިތަކުން މީހާ ރައްކާތެރިކުރުމަށް އެހީވެދެއެވެ. މިހެން މިކަން ވަނީ އޭގައި ހިމެނޭ އެންޓި އިންފްލެމޭޓަރީ ޕްރޮޕަޓީތަކުގެ ސަބަބުންނެވެ. އެހެންކަމުން ގަވާއިދުން މި ބާވަތްތައް ބޭނުން ކުރާނަމަ ހަށިގަނޑު ދުޅަވުން ކުޑަކޮށްދީ، އެކިކަހަލަ ބަލިތަކުން ހަށިގަނޑު ރައްކާތެެރިކޮށްދެއެވެ.

ލޭގައި ހުންނަ ހަކުރުގެ ލެވެލް އެއް ހަމައެއްގައި ހިފަހައްޓައިދޭ:



މިއީ ހަކުރު ބަލި ހުންނަ ފަރާތްތަކަށްވެސް ވަރަށް ރަނގަޅު ދެ ބާވަތެވެ. މުރަނގަތޮޅި އާއި މުރަނގަފަތް ބޭނުން ކުރުމުން ލޭގައި ހުންނަ ހަކުރުގެ ލެވެލްތައް އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީވެދެއެވެ. އެހެންކަމުން މި ބޭނުން ކުރާނަމަ ލޭގައި ހުންނަ ހަކުރުގެ ލެވެލްތައް އެއް ހަމައެއްގައި ހިފަހައްޓައިދީ، ހަކުރުބަލި ފަދަ ނުރައްކާތެރި ބަލިތަކުން މީހާ ރައްކާތެރިކޮށްދެއެވެ.

ހިތުގެ ބަލިތަކުން މީހާ ރައްކާތެރިކޮށްދޭ:

މުރަނގަފަތާއި ތޮޅިއަކީ މީހާ ހިތުގެ ބަލިތަކުން ރައްކާތެރިކުރުމަށް އެހީވެދޭ ދެ ބާވަތެވެ. މިއީ ގިނަ އަދަދަކަށް ނިއުޓްރިއެންޓްތަކާއި އެންޓި އޮކްސިޑެންޓުތައް އެކުލެވިގެންވާ ދެ ބާވަތެވެ. މި މާއްދާތަކަކީ ލޭގައި ހުންނަ ކޮލެސްޓްރޯލްގެ ލެވެލްތައް ދަށްކޮށްދިނުމަށް އެހީވެދޭ މާއްދާތަކެއް ކަމުން، މި ބޭނުން ކުރުމުން މީހާ ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދިނުމަށް އެހީވެދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން