ރާއްޖޭގައި އިންޑިއާގެ ވަގުތުން ފައިސާދެއްކޭ ނިޒާމްކަމަށް ވާ، ޔުނިފައިޑް ޕޭމެންޓް އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ދިނުމަށްޓަކައި އެ ކަމަށް ޚާއްޞަ އެމްއޯޔޫއެއްގައި ރޭ ސޮއިކޮށްފިއެވެ.
މި އެމްއޯޔޫ ދެ ގައުމުގެ ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ޔޫޕީއައިގެ ޚިދުމަތް ފެށުމަށް ސޮއިކޮށްފައިވަނީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާއި އިންޑިއާގެ ނެޗުރަލް ޕޭމެންޓް ކޯޕަރޭޝަނާ ދެމެދުގައެެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ ޔޫޕީއައި ސިސްޓަމުގެ ތެރެއިން ޑިޖިޓަލް ޓްރާންސެކްޝަންތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެވިފައިވާކަމަށެވެ. އެގޮތުން، ޔޫޕީއައިގެ ތެރެއިން ދުނިޔޭގެ 40 ޕަސެންޓް ރިއަލްޓައިމް ޕޭމެންޓުތައް ހިނގަނީ އިންޑިއާގައި ކަން ފާހަގަކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ އެމްއޯޔޫގައި ސޮއިކުރެވުމަކީ ރާއްޖެއަށް މި ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށެވެެ. އަދި އޭނާގެ އުންމީދަކީ މިކަން ކާމިޔާބުވުންކަމަށާއި މީގެ ފައިދާ ދިވެހި ފަތުރުވެރިކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ކުރާނެކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

I am pleased to witness with External Affairs Minister @DrSJaishankar the Exchange of the MoU between Ministry of Economic Development and Trade of Maldives and National Payments Corporation of India (NPCI). The MoU will amplify the international finance opportunities, attracting… pic.twitter.com/r7FFwYcZQD
— Moosa Zameer (@MoosaZameer) August 9, 2024
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ ޔޫޕީއައި ސިސްޓަމުގެ ތެރެއިން ޑިޖިޓަލް ޓްރާންސެކްޝަންތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެވިފައިވާކަމަށެވެ. އެގޮތުން، ޔޫޕީއައިގެ ތެރެއިން ދުނިޔޭގެ 40 ޕަސެންޓް ރިއަލްޓައިމް ޕޭމެންޓުތައް ހިނގަނީ އިންޑިއާގައި ކަން ފާހަގަކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ އެމްއޯޔޫގައި ސޮއިކުރެވުމަކީ ރާއްޖެއަށް މި ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށެވެެ. އަދި އޭނާގެ އުންމީދަކީ މިކަން ކާމިޔާބުވުންކަމަށާއި މީގެ ފައިދާ ދިވެހި ފަތުރުވެރިކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ކުރާނެކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު