މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު ކުރިޔަށް ގެންދަން ހަމަޖެހިފައިވާތީ ބައެއް ގަޑިތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަމީރު އަޙުމަދު މަގާއި ބޮޑުތަކުރުފާނު މަގާއި ލޮޓަސް ގޯޅި ހިމެނޭ ސަރަހައްދުގައި ކުރަމުންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެގޮތުން މެންދުރުފަހު 14:30 އިން 16:30 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ ބުރުޒު މަގާއި ބޮޑުރަސްގެފާނު މަގާއި ނިރޮޅު މަގު އަދި ޝަބްނަމް މަގު ހިމެނޭ ސަރަޙައްދުންވެސް މިއަދު މެންދުރުފަހު 14:30 އިން 16:30 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ދީފްރަމް ގޯޅި، ފިނިފެންމާ ގޯޅި، ގަލަދުން ގޯޅި އަދި މެހެލި ގޯޅި ހިމެނޭ ސަރަޙައްދުން މިއަދު ހެނދުނު 10:00 އިން 12:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ސަތަރު ގޯޅި، ސަބްދެރިޔާ މަގު، ރަށްދެބައި މަގު އަދި އަނޯނާ ގޯޅި ހިމެނޭ ސަރަހައްދުން ވެސް ހަމަ އެ ގަޑީގައި ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ބުނެފައި ވެއެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑޭ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު