މާރާމާރީގެ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރުމަށް މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
މާރާމާރީގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރުކުރުމަށް މީހަކު ހޯދަން ދިވެހި ފުލުހުންގެ ހިދުމަތުން އާންމުންގެ އެހީތެރިކަމަށް އެދިފައި ވަނީ މިއަދުއެވެ. އެގޮތުން ފުލުހުން ކުރި އިއުލާނުގައި އެ އިދާރާއިން ހޯދަމުން ދަނީ ގއ. ދާންދޫ، ހިތަށްފިނިވާގޭ، އުމުރުން 48 އަހަރުގެ މުހައްމަދު ޝާކިރު އެވެ.
ފުލުހުންގެ އެއިއުލާނުގައި ބުނެފައިވަނީ އޭނާ ހޯދަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ބަލަމުން އަންނަ، މާރާމާރީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމުގައެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށް ފޭސް 1 ޕޮލިސް ސްޓޭޝަން ޝާކިރު ހާޒިރުވާން އަންގާފައެވެ.
މީގެ އިތުރުން، އެއިއުލާނުގައި ފުލުހުންވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އެމުއަސަސާއަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު