އިންޑިއާއާއެކު ހާރިޖީ ގުޅުން ބޭއްވުމަކީ އަލުން އެގައުމުގެ އަސްކަރިއްޔާ ގެނައުމެއް ނޫން ކަމަށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކެޓްރީ އިބްރާހިމް އަބާން އަބްދުއް ލަތީފް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި އަބާން ވިދާޅުވީ އިންޑިއާ ހާރިޖީ ގުޅުން ބޭއްވުމަކީ އަލުން އެގައުމުގެ އަސްކަރިއްޔާ ގެނައުމެއް ނޫން ކަމަށާއި މިނިވަންކަމަށް ބުރޫ އަރާ ކަމެއް ރައީސް ޑރ. މުއިއްޒު ނުކުރައްވާނެ ކަމަށެވެ.

އަބާން ވިދާޅުވީ އިންޑިއާ އައުޓް ބޭނުންކުރީ އެގައުމުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށާއި އެކަން ކުރީ އިންޑިއާ ރައްޔިތުންނާ ދެކޮޅަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަޝްވަރާކޮށް އެމީހުން ފޮނުވާލާފައިވާ ކަމަށްވެސް އަބާން ވިދާޅުވިއެވެ.

މިފަދައިން އަބާން ވިދާޅުވެފައި މިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ. ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ ރާއްޖެއިން ދައުވަތު ދެއްވައިގެން ރަސްމީ ދަތުރުފުޅެއްގައިކަން ފާހަގަ ކުރެވެއެވެ.

ޖައިޝަންކަރުގެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެވިފައިވާއިރު އިންޑިޔާ ސަރުކާރުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އޭނާ ވަނީ ބައްލަވާލައްވާފައެވެ.

މި ދަތުރުފުޅާ ގުޅިގެން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދާކަންވެސް ފާހަގަ ކުރެވެއެވެ. އެގޮތުން ސަރުކާރުގެ ކޯލިޝަން ޕާޓިީ ތަކުން މީގެ ކުރިން ކޮށްފައިވާ “އިންޑިއާ އައުޓް” ކެމްޕެއިނުގެ ފޮޓޯ ތަކާއި ވީޑިއޯތައް ވެސް ދަނީ މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން