ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިއަމް ޖައިޝަންކަރު، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުއާ ބައްދަލު ކުރައްވައިފިއެވެ.

މިރޭ ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ރައީސް ޝާހިދުގެ އަރިހުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލާއި ޕާޓީގެ ނައިބު ރައީސް ހިސާން ޙުސައިނާއި، ޒުވާނުންގެ ހިތްވަރުގެ ރައީސާ ރިފްގާ ޝިހާމާއި، އެމްޑީޕީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ކަމަށްވާ އާމިނަތު ޝައުނާ އަދި ޙުސައިން ޝަހީމްގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ބައިވެރިވެވަޑައިގަތެވެ.

ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރު ޑރ. ޖައިޝަންކަރު އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރާއެވެ. މިއަދު ޖައިޝަންކަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އާވެސް ބައްދަލުކުރައްވާފައެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވިފައި ވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިއެވެ. އަދި މިނިސްޓަރު ޖައިޝަންކަރު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންގޮސް ނިންމާފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާހުކޮށް ދެއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން