އައްޑޫގައި ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުން
އައްޑޫގައި ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުން
އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދިޔަ 3 މަޝްރޫއެއްގެ ނިމުން މިއަދު ފާހަގަކޮށްފިއެވެ.

މިއަދު ނިމުން ފާހަގަކޮށް ސަރުކާރާ ޙަވާލު ކޮށްފައިވާ މަޝްރޫޢުތަކަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އިތުރުން ހަންކެޑެ ބްރިޖްގެ މަސައްކަތެވެ.

މިއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އައްޑޫގައި ފަށާފައިވާ މަޝްރޫޢުތަކެކެވެ.

މި މަޝްރޫއުތައް ނިންމައި ދިވެހި ސަރުކާރާ މިއަދު ހަވާލުކުރީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވީ، އިންޑިއާގެ ޚާރިޖީ ވަޒީރު، ޑރ. އެސް ޖަޔަޝަންކަރާއި، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ.

މިއަދު ނިމުން ފާހަގަކުރި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ހިތަދޫން ހިއްކި 80 ހެކްޓަރުގެ ބިމާއި، މަރަދޫން ހިއްކި 76 ހެކްޓަރުގެ ބިމާއި، މަރަދޫ ފޭދޫން ހިއްކި 3.3 ހެކްޓަރުގެ ބިމާއި، ހަންކެޑެއަށް އިތުރުކުރި 4.7 ހެކްޓަރުގެ ބިމާއި، ފަތުރުވެރިކަމަށް ޚާއްޞަކޮށް ހިއްކި 8.3 ހެކްޓަރުގެ 3 ރަށް ހިމެނޭގޮތަށް ޖުމްލަ 190 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

އޭގެ އިތުރުން އައްޑޫ ހިއްކި ބިން ސަރަަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި ހިމާޔަތްކޮށްފައި އެވެ. މި ދެމަޝްރޫއުގެ މަސައްކަތް ކުރީ އިންޑިއާގެ ވެންއޫޑު ކުންފުނިންނެވެ.

މިއަދު އިފްތިތާހު ކުރި ތިން ވަނަ މަޝްރޫއަކީ، އިންޑިއާގެ އެފްކޮންސް ކުންފުނިން އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއާ އެކުއެކީގައި ކުރިޔަށްގެންދިޔަ ހަންކެޑެ ބްރިޖްގެ މަސައްކަތެވެ. 1.463 ކިލޯމީޓަރުގެ މި ބްރިޖަކީ، 4 ލޭން އެކުލެވޭގޮތަށް، ހަންކެޑެ ބޭރުން ހުޅަނގު ދެކުނުގައި ތަރައްޤީ ކޮށްފައިވާ މަގެކެވެ.

ހަންކެޑެ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ ރައީސް ޞާލިޙްގެ ވެރިކަމުގައި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން