ގްރޭޓާ މާލެއަށް ދިމާވެފައިވާ އުދަ އެރުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ދަންނަވައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީއަށް ވެސް ތިމާވެށީގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ސްޓެލްކޯއާ ދިމާއިންނާއި ނަސަންދުރަ ކައިރިންވެސް އުދަ އަރައިގެން ފެން ބޮޑުވަމުންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އަދި އޭގެ ސަބަބުން ރައްޔިތުންގެ އެތައް މުދަލަކަށް ވެސް ގެއްލުންވަމުންދާ ކަމަށާއި އޭގެ ތެރޭގައި ކާރާއި ސައިކަލު ހިމެނޭ ކަންވެސް މޭޔަރު ފާހަގަ ކުރެއްވި އެވެ.
އާޒިމް ވިދާޅުވީ އުދަ އެރުމުގެ މައްސަލަ މާލެއާއި، ހުޅުމާލޭގެ އިތުރުން ވިލިމާލެއަށް ވެސް ދިމާވަމުންދާ ކަމަށެވެ.
"އެހެންވެ މި ކަމަށް ހައްލެއް ރައީސް ހޯއްދަވައިދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އަޅުގަނޑުމެންނާއި ގުޅިގެން މިއަށް މަސައްކަތްތަކެއް ކުރުން ވަރަށް މުހިންމުކަމަށް އަޅުގަނޑުމެންނަށް ފެންނަނީ." އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ މޫސުން ގޯސްވެގެންދާ ދުވަސްވަރު ސިނަމާލެ ބުރިޖުގެ ދެ ލޭންޑިން ޕޮއިންޓުގެ ތެރެއިން ހާއްސަކޮށް މާލެއަށް އަރާ ލޭންޑިން ޕޮއިންޓަށް އުދަ އަރައި ރާޅުޖަހައިގެން އާންމުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށެވެ. އެހެންކަމުން އެކަމަށް ވެސް ހައްލެއް ހޯދަން ޖެހޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު