އަހުޒަމް އަޙްމަދު   11 އޯގަސްޓު 2024 - 19:9
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއިން ފުރާވަޑައިގެންފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ.

ޖައިޝަންކަރު ފުރަތަމަ ރާއްޖެއަށް ވަޑައިގެންނެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަމަވެސް އެމަނިކުފާނުގެ ދަތުފުޅު ނިންމަވާލެއްވުމަށް އިންޑިއާއަށް އެނބުރި ވަޑައިގެންނެވީ އައްޑޫ، ގަން އެއާޕޯޓުންނެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު ޒަމީރާއެކުވެސް ވާހަކަތައް ބާއްވަވައިފަ އެވެ.

ޖައިޝަންކަރުގެ މިދަތުރުގައި މިއަދު އައްޑޫއަށް ވަޑައިގެންނެވި އިރު އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދިޔަ 3 މަޝްރޫއެއްގެ ނިމުން މިއަދު ވަނީ ފާހަގަކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އިތުރުން ހަންކެޑެ ބްރިޖްގެ މަސައްކަތެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން