ފާއިތުވި އަހަރުތަކުގެ ތެރޭގައި އިންޑިއާއިން ރާއްޖޭގެ ތަރައްގީގެ އެކި ކަންކަމަށް 2020 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާނޭކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.

އައްޑޫގައި އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ބައެއް ޕްރޮޖެކްޓްތައް ބައްލަވާލެއްވުމަށް މިއަދު އައްޑުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖަޔަޝަންކަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިންޑިއާއިން ވާނީ ރާއްޖޭގެ ތަރައްގީގެ އެކި ކަންކަމަށް 2020 މިލިއަން ޑޮލަރު ހަރަދު ކޮށްފައި ކަމަށާއި އޭގެ ސަބަބުން ސަރަހައްދީ ތަރައްގީ އިތުރަށް ކުރިއަރައިގެން ދާނެކަމަށާއި ވަޒީފާއާއި އިގުތިސާދީ ފުރުސަތުތައް ފަހިވެގެން ދާނެކަމަށެވެ.

އައްޑޫގައި އިންޑިއާގެ އެހީގައި ހިންގި ބައެއް ޕްރޮޖެކްޓްތައް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އައްޑޫގައި ގާއިމުކުރެވުނު ޕޮލިސް އެކަޑަމީ އަކީ ވެސް 30 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން އިންޑިއާއިން ގާއިމުކޮށްދިން ތަނެއްކަމަށެވެ.

އަދި އެތަނުގައި މުހިންމު އެކި ތަމްރީނުތައް ފުލުހުންނަށް މިހާރު ވެސް ލިބިގެންދާތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރަހައްދީ ތަރައްގީގެ ހަބަކަށް އައްޑޫ ހެދުމަށް ކުރިއަށް ގެންދެވުނު ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް އިންޑިއާ ސަރުކާރުން 80 މިލިއަން ޑޮލަރު ހަރަދު ކުރި ޕްރޮޖެކްޓެއްކަން ޖަޔަޝަންކަރް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން