ދަރްމާ ޕްރޮޑަކްޝަންސްގެ ލޯގޯ- ގޫގުލް އިމޭޖެސް
ދަރްމާ ޕްރޮޑަކްޝަންސްގެ ލޯގޯ- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ މަޝްހޫރު ފިލްމު އުފެއްދުންތެރިއެއް ކަމަށްވާ ކަރަން ޖޯހަރުގެ "ދަރްމާ ޕްރޮޑަކްޝަންސް" އަށް އިންވެސްޓަރުން ހޯދާކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފިއެެވެ.

އެގޮތުން އެކްސްޗޭންޖު 4 މީޑިއާގައިވާ ރިޕޯޓެއްގައި ބުނެފައިވަނީ "ދަރްމާ ޕްރޮޑަކްޝަންސް" އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މި ކުންފުނި މެޖޯރިޓީ ހިއްސާ ވިއްކާލަން ކަރަން ޖޯހަރު ބޭނުން ވާކަމަށެވެ. އަދި މިކަމަށްޓަކައި އިންޑިއާގެ ބޮޑެތި ކޯޕަރޭޝަން ތަކާއި ވިޔަފާރިތަކުގެ ފަރާތުން އެހީއަށް އެދިފައިވާ ކަމަށާއި އިންޑިއާގެ ބައެއް ކުންފުނިތަކުން މި ހިއްސާތައް ގަނެ އިންވެސްޓުކުރަން ނިންމާފައިވާ ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ. އެގޮތުން "ދަރްމާ ޕްރޮޑަކްޝަންސްގެ" އިންވެސްޓަރުންނަށް ވާން ނިންމި ފަރާތްތަކުގެ ތެރޭގައި މުމްބާއީ، ކޮލްކަތާ، އަދި އަހްމަދުއާބާދުގެ ބޮޑެތި ވިޔަފާރިތަކާއި ކުންފުނިތައް ހިނެމޭ ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން ވަނީ މިއަހަރުގެ މިހާތަނަށް 4 ފިލްމު ނެރެފައެވެ. އެގޮތުން މިއަހަރު އެމީހުން އެންމެ ފުރަތަމަ ނެރެފައިވަނީ ސިދާތު މަލްހޯތުރާ ލީޑު ރޯލުން ފެނިގެންދިޔަ ހައިޖެކް ޑްރާމާ ފިލްމެއް ކަމަށްވާ "ޔޯދާ" އެވެ. އަދި މީގެ އިތުރުން ރާޖްކުމާރު ރާއޯ އާއި ޖާންވީ ލީޑު ރޯލުން ފެނިގެންދިޔަ ލޯބީގެ ފިލްމެއް ކަމަށްވާ "މިސްޓަރ އެންޑް މިސިސް މާހީ" އާއި، މިދިޔަ ޖުލައި މަހު ރިލީޒް ކޮށްފައިވާ "ފްލިކް ކިލް" އާއި، "ބޭޑް ނިއުޒް" އަކީވެސް މިއަހަރު ދަރްމާ ޕްރޮޑަކްޝަނުން ރިލީޒް ނެރެފައިވާ ފިލްމުތަކެވެ.

ދަރްމާ ޕްރޮޑަކްޝަންސް އަކީ އިންޑިއާގެ އެންމެ ކުރިއަރާފައިވާ ފިލްމު ކުންފުނިތަކުގެ ތެރެއިން އެއް ކުންގުންޏަށް ވާއިރު، މި ކުންފުނިން ވަނީ މިހާތަނަށް ވަރަށް ގިނަ ކާމިޔާބު ފިލްމުތަކެއް އުފައްދާފައެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން ދެން ނެރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި އާލިއާ ބަޓު ލީޑުން ފެނިގެންދާ ފިލްމު "ޖިގުރާ" އާއި ސިދާންތު ޗަތުރުވެދީ އަދި ތުރިޕްތީ ދިމްރީ ލީޑުން ފެނިގެންދާ ފިލްމު "ދަޅަކް 2" ހިމެނެއެވެ. އެގޮތުން ފިލްމު "ޖިގުރާ" އޮކްޓޯބަރު މަހުގެ 11 ގައި ސިނެމާތަކަށް ނެރެން ހަމަޖެހިފައިވާއިރު، "ދަޅަކް 2" ނެރުމަށް ތާވަލްކޮށްފައިވަނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހަށެވެ. މި ފިލްމު ތަކުގެ އިންތިޒާރުގައި ގިނަ ބެލުންތެރިން ތިބީ ކެތްމަދު ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން