ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ ހިއްސަ އިތުރުކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ ދިވެހީންގެ ފަހުރުވެރި ރާއްޖެއެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރު މުހިންމު ކަމަށެވެ.

ހަމަ އެެހެންމެ އެފަދަ ފަހުރުވެރި ރާއްޖެއެއް ބިނާކުރެވޭނީ ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ އެއްބާރުލުމާ ހިއްސާވުން އިތުރުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވެސް ޒުވާނުންނަށް ހާއްސަ އިސްކަމެއް ދެއްވާފައި ވެއެވެ.

އޭގެ ތެރޭގައި އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބި ފޮނުވޭނެ ގޮތް ހެދުން ހިމެނެ އެވެ.

ހަމަ އެހެންމެ ޒުވާނުންނަށް ކުޅިވަރުގެ ފުުރުސަތުތަކާއި އެހެނިހެން ފުރުސަތުތައް ވެސް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ.

އޭގެ އިތުރުން މިހާރު ސަރުކާރުން ދަނީީ ޒުވާން ޚަތީބުން ވެސް ތަމްރީން ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން