މި އަހަރު ބާއްވާ ފަނަރަ ވަނަ "ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް" އައްޑޫ ސިޓީގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދުނިޔޭގެ ފެންވަރުގެ މި މުބާރާތް މިއަހަރު ބާއްވަން ނިންމާފައި ވަނީ ކެނަރީފު ރިސޯޓްގަ އެވެ. މި މުބާރާތް އޮންނާނީ ނޮވެމްބަރު މަހު 5 އިން 11 އަށެވެ. ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ޕޯލް ޗުއާ ވިދާޅުވީ މި އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނީ، މިދިޔަ އަހަރު ބޭއްވި ދެކުނު އޭޝިއާ ބޮޑީބިލްޑިން މުބާރާތާއި 2022 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކޮށްފައިވާލެއް ފުރިހަމަކުން ކަމަށެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނީ މި ފުރުސަތު ލިބިގެން ދިޔައީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާ އެކީގައި ކަމަށެވެ.

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީގައި ބާއްވަން ފުރުސަތު ލިބުނު އިރު، މީގެ ކުރިން ވެސް އައްޑޫގައި ބައިނަލްއަގުވާމީ ބޮޑެތި ބައެއް ކުޅިވަރު މުބާރާތްތައް ބާއްވާފައިވާކަން ފާހަގަ ކުރެވެ އެވެ.

އައްޑޫގައި މީގެ ކުރިން ބާއްވާފައިވާ ބޮޑެތި މުބާރާތް ތަކުގެ ތެރޭގައި 2014 ގެ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތަކާއި 2019 ވަނަ އަހަރު ސާކް ސަރަހައްދުގެ ގައުމުތަކުގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން