މިފްކޯއިން މިހާރު މަސްވެރިންނަށް ދޫނުކޮށް ހުރީ 2.4 މިލިއަން ރުފިޔާ ކަމަށް މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން މިއަދު ޢާއްމު ކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 856 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ވަނީ ދޫކޮށްފައެވެ. އަދި ބާކީ ނުދެވި އޮތީ އެންމެ 2.4 މިލިއަން ރުފިޔާ ކަމަށް ހިސާބުތަކުގައި ވެއެވެ.
މި ސަރުކާރުން ވެރިކަމަށް އައިފަހުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވެ އެތައް ފަހަރަކު މަސްވެރިން މުޒާހަރާކޮށްފައި ވެއެވެ.
ނަމަވެސް ބައިބަޔަށް ބަހާލައިގެން ކުރިން ނުދީ ހުރި ފައިސާ ދީ ނިންމާފައިވާއިރު މި ސަރުކާރު ވެރިކަމަށް އައިފަހުން މިފްކޯއަށް 44817 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައެވެ.
މިފްކޯގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރާފައިވަނީ 266 މެޓްރިކްޓަނުގެ މަހެވެ.
މިފްކޯއިން މަސްވެރިންނަށް ނުދައްކާ ހުރި ފައިސާގެ ޢަދަދު ދެމިލިއަނަށް ދަށްކޮށްފައިވާއިރު ދާދިފަހުން މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ މިހާރު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް އެއްކޮށް ކްލިއާކޮށްފައިވާ ކަމަށެވެ.
އަދި ކުރިއަށްއޮތް ތަނުގައި މަސް ކިރާތާ ދެ ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު