އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ
އައްޑޫގެ ޗާޓު ބަދަލުކޮށްލި ތަރައްޤީ ގެނެސްދިނީ ކުރީ ސަރުކާރުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ މަސްވެރިކަމާބެހޭ ވަޒީރުކަންވެސް ކުރެއްވި ޑރ. އިބްރާހިމް ދީދީ މިމޭރުމުން ވިދާޅުވެފައިވާއިރު އިންޑިއާގެ އެހީގައި ރައީސް ޞާލިޙްގެ ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދިޔަ 3 މަޝްރޫއެއްގެ ނިމުން އިއްޔެ ވަނީ ފާހަގަކޮށްފައެވެ.

އެކަމާ ގުޅިގެން ޑރ. އިބްރާހިމް ދީދީ މިއަދު ވިދާޅުވީ އައްޑޫ ސިޓީގެ ޗާޓު ބަދަލުކޮށްލި ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ. އެހެންކަމުން ކުރީ ސަރުކާރަށް ޝުކުރު އަދާކުރާކަމަށް ޑރ. އިބްރާހިމް ދީދީ ވިދާޅުވެފައިވެއެވެ.



އިބްރާހިމް ދީދީ މިހެން ވިދާޅުވެފައިވާއިރު އައްޑޫގެ ޗާޓު ބައްދަލުކޮށްލި ހަންކެޑެ ބްރިޖްގެ ޢަމަލީ މަސައްކަތް ފެށީ ރައީސް ޞާލިޙްގެ ވެރިކަމުގައި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އިންޑިއާގެ އެފްކޮންސް ކުންފުނިން އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއާ އެކުއެކީގައި ކުރިޔަށްގެންދިޔަ މި މަސައްކަތުގައި 4 ލޭން އެކުލެވޭގޮތަށް 1.463 ކިލޯމީޓަރުގެ ބްރިޖެއް ވަނީ ތަރައްޤީ ކޮށްފައެވެ.

ހަމައެއާއެކު އިއްޔެ ނިމުން ފާހަގަކޮށް ސަރުކާރާ ޙަވާލު ކޮށްފައިވާ އަނެއް ދެ މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރައީސް ޞާލިޙްގެ ވެރިކަމުގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ.

އެގޮތުން އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ހިތަދޫން 80 ހެކްޓަރުގެ ބިމާއި، މަރަދޫން 76 ހެކްޓަރުގެ ބިމާއި، މަރަދޫ ފޭދޫން 3.3 ހެކްޓަރުގެ ބިމާއި، ހަންކެޑެއަށް 4.7 ހެކްޓަރުގެ ބިމާއި، ފަތުރުވެރިކަމަށް ޚާއްޞަކޮށް 8.3 ހެކްޓަރުގެ 3 ރަށް ހިމެނޭގޮތަށް ޖުމްލަ 190 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

އޭގެ އިތުރުން އައްޑޫ ހިއްކި ބިން ސަރަަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި ހިމާޔަތްކޮށްފައި އެވެ. މި ދެމަޝްރޫއުގެ މަސައްކަތް ކުރީ އިންޑިއާގެ ވެންއޫޑު ކުންފުނިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން