ކައުންޓަފީޓް ނޫޓް ނުވަތަ ފައިސާގެ ވަގު ނޫޓު ގެންގުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން މިމައްސަލައިގައި ހައްޔަރުކުރީ އައްޑޫ ސިޓީއަށް ނިސްބަތްވާ 46 އަހަރުގެ ފިރިހެނެކެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައި ވެއެވެ. އެގޮތުން ތަހުގީގު ބަޔާނާއި ފޮޓޯ ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް އޭނާ ގެންގުޅުނީ ކޮން ގައުމެއްގެ ވަގު ނޫޓުތަކެއް ކަމެއް ބުނެފައެއް ނުވެއެވެ،
އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުކުރަންޖެހޭ ކަމަށް އަމުރުގައި ބުނެފައި ވެއެވެ. އެއާއެކު އޭނާ 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓަން ވަނީ ބަންދުގެ އަމުރު ޖަހައިދީފަ އެވެ.
އެކި ގައުމުތަކުގެ ވަގު ނޫޓުތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ދައުރުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު