ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދަ ޔަޕާ އަބޭވަރްދަނާ ޢިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސްގެ އޮފީހުގައެވެ. ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް މަރުހަބާ ވިދާޅުވެ ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން ފާހަގަ ކުރައްވައިފައެވެ.

ރައީސް މުއިއްޒު ވަނީ ސްރީލަންކާގެ ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއެކު ކުރިޔަށްދިއުމަށް އެދިވަޑައިގެން އަދި އެކަމަކީ ސްރީލަންކާގެ ތަރައްގީ އާއި ފާގަތިކަމަށް ވެސް ބާރުއެޅިގެންދާނެކަމެއްކަން ފާހަގަކުރައްވައިފައެވެ.

ރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1965ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން