ވިއްސާރައާ ގުޅިގެން ގޭގެއަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުން ނުކުމެއްޖެއެވެ.

ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގޭގެއަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމާއި އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް އެހީތެރިވެދިނުމަށް ސްޓެލްކޯގެ މުވައްޒަފުން މާލެ ސިޓީގައި ހަރަކާތެރިވަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ޚިދުމަތްދޭ އެހެނިހެން ރަށްރަށުގެ މުވައްޒަފުންވެސް މިވަގުތުވަނީ ރަށު ފެންވަރުގައި ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ތައްޔާރީހާލަތަކަށް ގެނެސްފައި ކަމަށެވެ.

“ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް އުފަލާއިއެކު އެންމެ ކުރީ ސަފުގައި ތިބޭނެކަމުގެ ޔަޤީންކަން އަރުވަން.” ސްޓެލްކޯއިން ބުނެފައި ވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މާލެ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން ރީނދޫ ސަމާލު ނެރެފައި ވަނީ މާލެ ސިޓީގެ އިތުރުން ކ. އަތޮޅުގެ ރަށްތަކަށާއި ވ. އަތޮޅަށާއި އއ. އަތޮޅަށާއި އދ. އަތޮޅަށެވެ.

މެޓުން ބުނީ މި ސަމާލު ނެރުނު އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން