ވަކީލުންނަށް ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސިލްސިލާ ފޯރަމްތަކެއް ބާއްވަން ރާއްޖޭގެ ބާ ކައުންސިލްއިން ނިންމައިފި އެވެ.

މިއީ ބާ ކައުންސިލްގެ ކުރިއަށް ހުރި ޕްރޮގްރާމްތަކާއި ގާނޫނީ ވަކީލުންނަށް ބާ ކައުންސިލްގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އަދި ވަކީލުންނަށް ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމްތަކެއް ކަމަށް އެ ކައުންސިލްއިން ބުނެއެވެ.

އެ ފޯރަމްތައް ކުރިއަށް ގެންދާނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބުނު އަހަރަށް ބަަލައި ތިން ބަޔަކަށް ބަހާލައިގެން ކަމަށް ބާކައުންސިލްއިން ބުނެއެވެ.

އެގޮތުން ތިން ފޯރަމްއެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

އޭގެ ތެރެއިން ބާ ކައުންސިލްގެ ފޯރަމް 11 މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އިރު އެ ފޯރަމްއަށް ދައުވަތު އަރުވާނީ 01 ޖެނުއަރީ 2019އިގެ ފަހުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ބުނެފައި ވެއެވެ.

އަދި ބާ ކައުންސިލް ފޯރަމްގެ 12 ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އިރު އެ ފޯރަމްއަށް ދައުވަތު އަރުވާނީ 01 ޖެނުއަރީ 2014އިން 31 ޑިސެމްބަރު 2018އާ ދެމެދު ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ބުނެފައި ވެއެވެ.

އޭގެ އިތުރުން ބާ ކައުންސިލްގެ ފޯރަމް 13 ވަނީ 23 އޮކްޓޯބަރުގައި ބާއްވަން ނިންމައިފަ އެވެ. އެ ފޯރަމްއަށް 31 ޑިސެމްބަރު 2013އިގެ ކުރިން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން