ސުކޭޝް ޗަންދުރަދޭކަރުގެ މަނީ ލޯންޑަރިން މައްސަލައާއި ގުޅިގެން ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޖެކްލިން ފާނަންޑޭޒްގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުން ތާވަލްކޮށްފިއެވެ.
ބޮލީވުޑު ހަންގާމާގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ޖެކެލިންގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހުގެ އަޑުއެހުންތައް އޮންނަ ތާރީހު ދިއްލީ ހައި ކޯޓުން ތާވަލްކޮށްފައިވާ ކަމަށެވެ. އެގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ 18ގައި މި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މި މައްސަލާގައި ސުކޭޝްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުތައް ކުރެވިފައިވާއިރު، އީޑީ އިން ބުނެފައިވަނީ ގަވާއިދާ ހިލާފަށް ހޯދާފައިވާ މި ފައިސާ ބޭނުން ކޮށްގެން އޭނާ ޖެކްލިން އަށް އަގުބޮޑު ހަދިޔާތަށް ދީފައިވާ ކަމަށެވެ. ޖެކްލިންގެ މައްޗަށް އީޑީ އިން ކުރާ ތުހުމަތަކީ ސުކޭޝް އޭނާއަށް ދިން ހަދިޔާތަކަކީ ގަވާއިދާއި ހިލާފަށް ހޯދާފައިވާ އެއްޗެއްކަން އެނގިހުރެ އެ ހަދިޔާތަށް ގަބޫލު ކޮށްފައިވާ ކަމުގެ ތުހުމަތާއި އަދި މި މައްސަލައާ ގުޅުން ހުރި ހެކިތައް ނައްތާލަން އުޅުނު ކަމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން އީޑީއިން ތަކުރާރުކޮށް ޖެކްލިން އާއި ސުވާލު ކޮށްފައިވާއިރު ޖެކްލިން ވަނީ މި ތުހުމަތުތައް އިންކާރު ކޮށްފައެވެ.
މި މައްސަލައިގެ އެންމެ ފަހުގެ އަޑު އެހުން މިހާރު ތާވަލްކޮށްފައިވާއިރު، ޖެކްލިންގެ މުސްތަގުބަލް ކަނޑައެޅިގެންދާނީ ދިއްލީ ހައިކޯޓުގެ ނިންމުމުގެ މައްޗަށް ބިނާކޮށެވެ. މި މައްސަލައިގެ ސަބަބުން ޖެކްލިންއާމެދު އާންމުން ދެކޭ ގޮތް ބަދަލުވަމުންއައިސްފައިވާއިރު އޭނާގެ ކެރިއަރަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު