ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އިންޑިޔާއަކީ އަގުހުރި ބައިވެރިއެއް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު އަދި މިހާރުގެ އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރަށާއި، އިންޑިޔާ ސަރުކާރަށާއި އަދި އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވި މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖެއްގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އިންޑިޔާއަކީ ރާއްޖޭގެ ހުރިހާ ދުވަސްވަރެއްގެ އެކުވެރިއެއް ކަމަށާއި ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ފުރަތަމަ އަދި އެންމެ ރަނގަޅަށް އިޖާބަދޭ ފަރާތަކީވެސް އިންޑިޔާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އަވައްޓެރި އިންޑިޔާއިން ދެމުންދާ ތަރައްޤީގެ ދީލަތި އެހީތަކުންނާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ އެހީތަކުން ރާއްޖޭގެ ރައްޔިތުންނަށް މިހާރުވެސް ފައިދާ ލިބެމުންދާ ކަމަށާއި ރާއްޖެއިން މި ގުޅުމުގެ އަގު ވަޒަންކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު