އަހުޒަމް އަޙްމަދު   16 އޯގަސްޓު 2024 - 20:10
ތިލަދުންމަތީ އުތުރުބުރި (ހއ. އަތޮޅު) އިން ފެށިގެން ކޮޅުމަޑުލު (ތ. އަތޮޅު) އަށް ޔެލޯ އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 8:00 ފެށިގެން 12:00 އަށެވެ.

އެގޮތުން އެ ވަގުތަކުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި 25 މޭލާއި 30 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ރާއްޖޭގެ މޫސުން މި ދުވަސްވަރު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު މިއަދު މެންދުރުފަހު 2:00 އިން މިރޭ 8:00 އަށް ވެސް ތިލަދުންމަތީ އުތުރުބުރިން ފެށިގެން ކޮޅުމަޑުލާ ހަމައަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.

ނިމިގެން ދިޔަ ހަފްތާގައި މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ބުދަ ދުވަހު ސަރުކާރުވެސް ބަންދުކުރިއެވެ. އަދި އެހަފްތާގައި މޫސުން ގޯސްވުމުގެ ސަބަބުން ބޯކޮށް ވާރޭވެހި 20 ރަަށަކަށް ގެއްލުންތައް ވިއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެގެން 231 ހާދިސާއެއް ރިޕޯޓް ކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން