ބޮލީވުޑުގެ މަޝްހޫރު ރަތިން ރިތިކް ރޯޝަން އާއި ޖޫނިއާ އެންޓީއާރު- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ މަޝްހޫރު ރަތިން ރިތިކް ރޯޝަން އާއި ޖޫނިއާ އެންޓީއާރު- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ މަޝްހޫރު ތަރި ރިތިކް ރޯޝަން އަކީ އޭނާއަށްވުރެ މޮޅު ނެށުންތެރިއެއް ކަމަށާއި ރިތިކްއާއި އަޅާކިޔާނަމަ އޭނާއަކީ އެއްވެސް މީހެއް ނޫންކަމަށް ޖޫނިއާ އެންޓީއާރު ބުނެފިއެވެ.

ދާދިފަހުން ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ރިތިކް އާއި އޭނާއާ ދެމީހުންގެ ތެރެއިން އެންމެ މޮޅު ނެށުންތެރިއަކީ ކާކުތޯ އޭނާއާ ސުވާލު ކުރެވުމުން ޖޫނިއާ ވަނީ ރިތިކް އަކީ އޭނާއަށް ވުރެ މޮޅު ނެށުންތެރިއެއްް ކަމަށް ބުނެފައެވެ. އަދި އޭނާއާއި ރިތިކް އާ އަޅާކިޔާނަމަ އޭނާއަކީ އެއްވެސް މީހެއް ނޫން ކަމަށްވެސް ޖޫނިއާ ވަނީ ބުނެފައެވެ. މި ވީޑިއޯއަކީ ފިލްމު "ވާ 2" ގައި ރިިތިކް އާއި ޖޫނިއާ އެކުގައި މަސައްކަތް ކުރަމުންދާތީ އިންޓަވިއުއެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދިންވަގުތުގެ ވީޑިއޯ ކްލިޕަކަށް ވީނަމަވެސް، މި ވީޑިއޯ މިހާރު މިވަނީ ރެޑިޓުގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

ރީތި ކަމާއެއްވަރަށް ރިތިކް ރޯޝަން ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާގެ ނެށުމުގެ ކުޅަދާނަކަމުންނެވެ. ޖޫނިއާ އެންޓީއާރުވެސް ބޮޑަށް މަޝްހޫރުވެފައިވަނީ ނެށުމުގެ ކުޅަދާނަކަމުގެ ސަބަބުންނެވެ. ފިލްމު "ވާ 2" ގައި މި ދެ ތަރިންގެ ފޭސް އޮފް އެއް ފެނިގެންދާއިރު، ވަރަށް ހިތް ގައިމު ލަވައަކަށް މި ދެ ތަރިންވެސް ނަށާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި ޕްރީތަމް އުފައްދާފައިވާ މި ލަވައަކީ މި ފިލްމުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް މަންޒަރު ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

އަދިތިޔާ ޗޯޕްރާ ޕްރޮޑިއުސް ކުރާ މި އެކްޝަން ފިލްމުގެ ވާހަކައިގެ ބޮޑު ދައުރެއް ބިނާވެފައިވަނީ މި ފިލްމުގެ ލަވަތަކުގެ މައްޗަށެވެ. ރިތިކް އާއި ޖޫނިއާގެ އިތުރުން މި ފިލްމުގެ ލީޑުން ކިއާރާ އަދްވާނީވެސް ފެނިގެންދާނެއެވެ. އާޔަން މުކަރްޖީ ޑައިރެކްޓު ކުރާ މި ފިލްމު ސިނަމާތަކަށް ނިކުންނާނީ 2025 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން