ހިންދީ ފިލްމު ފްރެންޗައިޒްއެއް ކަމަށްވާ "ބޯޑަރ" ގެ ދެވަނަ ފިލްމުގެ މުހިންމު ރޯލަކުން ބޮލީވުޑުގެ މަޝްހޫރު ތަރި ވަރުން ދަވަން ފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު "ބޯޑަރ 2" ގައި ސަނީ ޑިއޯލްއާއެކު މުހިންމު ރޯލަކުން ވަރުން ދަވަން ވެސް ފެނިގެންދާނެ ކަމަށް ޕިންކް ވިލާއިން ވަނީ ބުނެފައެވެ. މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ "ބޯޑަރ" އަކީ ވަރުން އަށް ވަރަށް ކަމުދާ ފިލްމަކަށްވުމުގެ ސަބަބުން އެ ފިލްމުގަ ގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ވަރުން އެކަމާ ވަރަށް އުފާކުރާ ކަމަށާއި، މިއީ އޭނާގެ އެކްޓިން ކެރިއަރުގައި ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވަރުން ބުނެފައިވާ ކަމަށެވެ.
މި ފިލްމު އުފައްދަން ފެށުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް ވަރަށް ބާރު މިނުގައި ކުރިއަށް ދާއިރު، ފިލްމު އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ. އަނުރާގް ސިންގް ޑައިރެކްޓުކުރާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2026 ގައެވެ.
ބޮލީވުޑުގެ މަގުބޫލު ތަރި ވަރުން އަކީ އެތައް ބައެއްގެ ލޯބި ލިބިފައިވާ ޒުވާން ތަރިއެކެވެ. އޭނާ މިހާރު އަންނަނީ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ މަސައްކަތްތައް ކުރަމުންނެވެ. ދާދި ފަހުން ނިކުތް ފިލްމު "ސްޓްރީ 2" ގެ ކެމިއޯއެއްގައި ވަރުން ފެނިފައިވާއިރު، އެ ކެމިއޯއަށްވެސް އެތައް ބައެެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު