ހުޅަނގު ބެންގޯލުގެ ވެރިރަށް ކޮލްކަތާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން، އިންޑިއާގެ ޑޮކްޓަރުން ވަނީ ޤައުމީ ފެންވަރުގެ ހަޅުތާލެއް ފަށައިފައެވެ.
އިންޑިއާގެ ޑޮކްޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ ކަމުގައިވާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ގައުމުގެ އެންމެހައި ހޮސްޕިޓަލްތަކުގެ އިމަޖެންސީ ނޫން އެހެނިހެން ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.
ފާއިތުވި ހަފުތާގައި ހިނގި މި އަނިޔާވެރި ހާދިސާއަކީ، އައިއެމްއޭ އިން ސިފަކޮށްފައިވާ ގޮތުގައި، "އަންހެނުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ހިނގާފައިވާ ނުރައްކާތެރި ކުށެކެވެ." އަދި މި މައްސަލައިގައި "ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި" އެ ޖަމްޢިއްޔާއަށް އެހީތެރިކަން ދިނުމަށް މުޅި ގައުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
މި ހަމަލާއާ ދެކޮޅަށާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެދި ކުރެވޭ އިހުތިޖާޖުތައް ވަނީ ފަހަކަށް އައިސް އިތުރަށް ހޫނުވެފައެވެ. މިކަން މިފަދައިން ވެފައިވަނީ މި ހާދިސާ ހިނގި ހޮސްޕިޓަލަށް ބަޔަކު އަރައި ގެއްލުންދިނުމާ ގުޅިގެންނެވެ.
އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، އެމެޖެންސީ އަދި ކެޝުއަލްޓީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށާއި، އަދި މި ހަޅުތާލު 24 ގަޑިއިރަށް ދެމިގެންދާނެ ކަމަށެވެ.
ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން މި ހަފުތާގެ ކުރީކޮޅު، ކޮންމެހެން ކުރަން ނުޖެހޭ އޮޕަރޭޝަންތައް މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފައިވާ ކަމަށް އިޢުލާނުކޮށްފައިވެއެވެ.
އައިއެމްއޭ އިން އެ ޖަމިއްޔާއިން އެދޭ އެދުންތަކެއްގެ ލިސްޓެއްވެސް ޢާންމުކޮށްފައިވެއެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާގެ މުވައްޒަފުން އަނިޔާއިން ރައްކާތެރިކުރުމަށް ޤާނޫނު ހަރުދަނާކުރުމާއި، ހޮސްޕިޓަލްތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާއި، މުވައްޒަފުންނަށް އަރާމުކުރުމަށް ރައްކާތެރި ތަންތަން ޤާއިމުކުރުން ހިމެނެއެވެ.
މި ޖަމިއްޔާއިން އިތުރަށް ގޮވާލާފައިވަނީ، މަރުގެ މައްސަލައިގައި "ފުރިހަމަ އަދި ޕްރޮފެޝަނަލް" ތަޙްޤީޤެއް ކުރުމަށާއި، ހަމަނުޖެހުމުގައި ބައިވެރިވި ފަރާތްތައް ޢަދުލުގެ ކުރިމައްޗަށް ގެނައުމަށާއި، އަދި މަރުވެފައިވާ ޑޮކްޓަރުގެ ޢާއިލާއަށް ޢަދުލުވެރި ބަދަލެއް ހޯދައިދިނުމަށެވެ.
31 އަހަރުގެ އަންހެން ޓްރެއިނީ ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައިން މުޅި އިންޑިއާއަށް ވަނީ ސިހުން ލިބިފައެވެ.
ފާއިތުވި ހަފުތާގައި ޑިއުޓީގައި އުޅެމުން އަރާމުކުރަން ދިޔަކަމަށް ބުނެފައިވާ ޓްރެއިނީ ޑޮކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ، އޭނާ މަސައްކަތްކުރި އާރް.ޖީ. ކާރު މެޑިކަލް ކޮލެޖުގެ ޖަލްސާކުރާ މާލަމެއްގެ ތެރެއިންނެވެ. ހަށިގަނޑު ފެނުނުއިރު، އޮތީ އައުރަ ހާމަވާގޮތަށް އަދި ގިނަ ޒަޚަމްތަކަކާއެކުއެވެ.
މި ހާދިސާއާ ގުޅުންހުރިކަމަށް ބެލެވޭ، ހޮސްޕިޓަލުގައި މަސައްކަތްކުރި ވޮލަންޓިއަރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.
މައްސަލައިގެ ތަޙުޤީޤު ލަސްވަމުންދާކަމަށް ބުނެ އާންމުންގެ ފަރާތުން ކީ ފާޑުކިޔުންތަކާ ގުޅިގެން، މި މައްސަލަ ބަލަމުންދިޔަ އެރަށުގެ ފުލުހުންގެ އަތުން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އަށް ވަނީ ބަދަލުކުރެވިފައެވެ.
މި ހާދިސާއަށްފަހު، އިންޑިޔާގައި އިތުރު ރޭޕްގެ މައްސަލަތަކެއް ޚަބަރުތަކުގެ ސުރުޚީތަކަށް އަރާފައިވެއެވެ. ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ 'އަންހެނުންނާ މެދު ހިންގޭ އަނިޔާވެރި ޢަމަލުތަކަށް ހަރުކަށި އަދި އަވަސް އަދަބު ދޭންޖެހޭނެ' ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ހުޅަނގު ބެންގޯލުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކުރަމުން ދެއެވެ. އެ ސްޓޭޓްގެ އިދިކޮޅު ޕާޓީ ބަހަރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވެރިކަން ކުރާ ތުރިނަމޫލް ކޮންގްރެސް ޕާޓީ (ޓީއެމްސީ) އަށް މި ހަމަލާ ރޭވުމުގެ ތުހުމަތު ކޮށްފައިވެއެވެ.
ޓީއެމްސީއިން މި ތުހުމަތު ދޮގުކޮށް، މި އަނިޔާވެރިކަން ފެތުރުމުގައި "އެ ސްޓޭޓުން ބޭރުގެ ސިޔާސީ ފަރާތްތައް" ޒިންމާވާންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
"މިނިވަންކަމާއި ބިރުވެރިކަމެއްނެތި ދިރިއުޅުމުގެ ޙައްޤު" ހޯދުމަށް އެދި ބުދަ ދުވަހުގެ ރޭ ހުޅަނގު ބެންގޯލުގެ އެކި ސަރަޙައްދުތަކުން ގާތްގަނޑަކަށް 10،000 އަންހެނުން "ރޭގަނޑު އަނބުރާ ހޯދުމަށް" މި ނަމުގައި ބޭއްވި މުޒާހަރާގައި ބައިވެރިވިއެވެ.
މުޒާހަރާ މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ އަމާންކަމާއެކު ނަމަވެސް، އަންހެންމީހާ މަރުވެފައި އޮތް ހޮސްޕިޓަލް ކަމުގައިވާ އާރްޖީ ކާރު މެޑިކަލް ކޮލެޖަށް ކޮންބައެއްކަން ނޭނގޭ ފިރިހެނުންތަކެއް ވަދެ އިމަޖެންސީ ވޯޑު ހަލާކުކުރުމާ ގުޅިގެން އެ ފަރާތްތަކާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ.
މިހާތަނަށް މި ހާދިސާއާ ގުޅިގެން މަދުވެގެން 25 މީހުން ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އިންޑިއާގެ އެހެން ބޮޑެތި ސިޓީތަކެއް ކަމުގައިވާ ދިއްލީ، ހައިދަރުއާބާދު، މުންބާއީ އަދި ޕޫނޭގައިވެސް މި މައްސަލައާ ގުޅޭ މުޒާހަރާތައް ބޭއްވިފައިވެއެވެ.
ހުކުރު ދުވަހު ކޮލްކަތާގެ މަގުތަކުގައި އެތައް ހާސް ބަޔަކު މުޒާހަރާކުރަމުންދިޔަ އިރު އޭއެފްޕީ ނިއުސް އޭޖެންސީއާ ވާހަކަދައްކަމުން މުޒާހަރާގެ ބައިވެރިއެއް ކަމުގައިވާ ސުމިތާ ދައްތާ ބުނީ "އުއްމީދު އަލުން އާވަމުންދާކަހަލަ އިހުސާސެއް ކުރެވޭ،" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު