ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
މިއަދު ނިޔާވި ވިޔަފާރިވެރިޔާ މުޙައްމަދު ޒާހިރަކީ ރާއްޖޭގައި ކާރުޚާނާ ހިންގަވައި ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވި ކުޅަދާނަ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޒާހިރު ނިޔާވުމުގެ ހިތާމައިގައި ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ވިޔަފާރިވެރިޔާ އަލްމަރުޙޫމް އޯކޭ ޒާހިރަކީ ރާއްޖޭގައި ކާރުޚާނާ ހިންގަވައި، ޤައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އިޤްތިޞާދުކުރިއެރުވުމުގެ ރޮނގުން ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.



ރައީސް ވަނީ އަލްމަރުޙޫމް މުޙައްމަދު ޒާހިރަށް ސުވަރުގެ މިންވަރުކޮށް ދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ކުރަށްވާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒާހިރު ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު އެވެ.

ޒާހިރުވަނީ ތަފާތު ގިނަ ވިޔަފާރިތަކެއްވެސް ކުރަށްވާފައެވެ. އެހެންކަމުން އެކަމުގެ އަގުވަޒަންކޮށް އިގުތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1993 ގައި ޒާހިރަށް ވަނީ ލިބިފައެވެ.

ޒާހިރު ނިޔާވިއިރު އަނތްބަކާއި ނުވަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ނިޔާވިއިރު ޢުމުރަކީ 76 އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން