ގޮވާލި ކޮންމެ ހިނދެއްގައި އައްޑޫގެ ޓޫރިޒަމް ކުރިއަރުވަން މަސައްކަތް ކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފައިސަލް މިއަދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ފަތުރުވެރިކަމުގެ ދާއިރާއިން އައްޑުއަށް ފޯރުކޮށްދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރު ކޮށްދެއްވުމަށް ތައްޔާރަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ވުޒާރާއިން އެކަމުގައި ކޮށްދެއްވަންޖެހޭ އެއްވެސް ކަމެއް ނުކުރެވި ނޯންނާނެ ކަމަށް ފައިސަލް މިއަދު ވަނީ ވިދާޅުވެފައެވެ.
ފައިސަލް ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ތަސައްވުރެއް އެބައޮތް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި މީގެކުރިން އިނގިރޭސިން ތިބި ދުވަސްވަރު އެ މީހުން ހަދާފައިވާ ތަންތަން މަރާމާތުކޮށް، އިނގިރޭސި ފަތުރުވެރިން އައްޑުއަށް ޝައުގުވެރި ކުރުވުމަށް މަސައްކަތް ކުރަށްވާކަމަށް ފައިސަލްވަނީ ވިދާޅުވެފައެވެ.
އެކަމަށްޓަކައި މިއަހަރުގެ ނޮވެމްބަރުމަހު އިނގިރޭސިވިލާތުގައި ބާއްވާ ޓޫރިޒަމް ފެއަރގައި އިނގިރޭސީންގެ މާކެޓަކަށް އައްޑޫ ހެދުމަށްޓަކައި އައްޑޫ ޕްރޮޕޯޓްކުރުމުގެ މަސައްކަތްކުރަށްވާނެ ކަމަށް ފައިސަލް މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓުކުރަން ބޭނުންވާ ދިވެހިންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި އެހެންކަމުން ދިވެހި ޒުވާނުން އެދާއިރާގައި އިންވެސްޓްކުރުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
މިއަދު ފެށުނު އައްޑޫ ޑެސްޓިނޭޝަން ސަމިޓަކީ ރަނގަޅު އިސްނެގުމެއްކަން ފާހަގަ ކުރަށްވަމުން ވަޒީރު ފައިސަލް މިއަދު ވަނީ އައްޑޫ ކައުންސިލް ނަމޫނާއަކަށް ނަންގަވައިގެން ރާއްޖޭގައި ޓޫރިޒަމް ނެތް ސަރަޙައްދުތަކުގައި މިފަދަ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމުގެ މުހިއްމުކަން ފާހަގަ ކުރަށްވާފައެވެ.
ޑެސްޓިނޭޝަން އައްޑޫ ސަމިޓަކީ އައްޑޫގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމާއި އައްޑޫގައި ފަތުރުވެރިކަމަށް މިހާރު ހުރި ގޮންޖެހުންތަކާއި އެ ދާއިރާ ކުރިއަރުވައި ފުޅާކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ފުޅާދާއިރާގައި ކަމާގުޅުންހުރި ފަރާތްތަތާއެކު މަޝްވަރާކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ސަމިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު