ފަތުރުވެރިކަމަށް ބޭނުންވާ ސްކިލްސެޓް އައްޑޫ ސިޓީގައި ފުރިހަމައަށް އެބައޮތްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ރާއްޖޭގެ އެހެން ތަންތަނުގައި ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް ދޭ ސަމާލުކަން އައްޑޫ ސިޓީއަށް ދީފިނަމަ އެ ސިޓީގައި ވެސް ފަތުރުވެރިކަން ފުޅާވާނެ ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީއަކީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ ސިޓީއެއްކަމަށާއި އައްޑޫގެ ހާއްސަ ބަހުރުވައަކާއި، ބޭރުގެ އެކި ޤައުމުތަކާއި ގުޅުވާލައިގެން ކިޔާދެވޭނެ ވާހަކަތަކެއް އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.
އެރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަޒީރު ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ ސްކިލްސެޓް ވަރަށް ރަނގަޅަށް އައްޑޫ ސިޓީގައި އެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އައްޑޫ ސިޓީގެ ރައްޔިތުންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
“އައްޑޫގެ އެންމެ ރަށެއްގައި އެބަތިބި ރާއްޖޭގެ 40 ރިސޯޓުގެ އޯނަރުން.” ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށްޓަކައި އެ ސިޓީއަށް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އިޚުލާސްތެރިކަމާއެކު އެންމެން އެކައްޗެއް ކިޔައިގެން އެ މަސައްކަތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
“އެހެން ތަންތަނަށް މިދޭ ސަމާލުކަމާއި، ކުރާ ހިތްވަރާއި، ލާ އެފޯޓު އައްޑޫ ސިޓީއަށް ފޯކަސް ކުރެވިއްޖެނަމަ އަޅުގަނޑުމެން މިއަދު މި ފަށާ މަސައްކަތުގައި އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެ.” މިއަދުގެ ހަފްލާގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު 110 ބައިވެރިންނާއެކު މިއަދު ފެށި ޑެސްޓިނޭޝަން އައްޑޫ ސަމިޓަކީ އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ހުރި ހުރަސްތަކާއި ދަތިތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ ސަމިޓެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު