ޗައިނާގެ ބައެއް ސިޓީތަކުގައި މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއްކުރަން ނިއްމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ޗައިނާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް މި ސޮއިކުރި އެއްބަސްވުމާއެކު އެޤައުމުގެ 5 ސިޓީއެއްގައި މިއަހަރު ހަރަކާތްތައް ރޭވިގެން ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން ރޯޑް ޝޯތަކާއި ޓޫރިޒަމް ޕްރޮމޯޓް ޚާއްޞަ އިވެންޓްތައް ޗައިނާގައި ކުރިއަށްގެންދަން ނިއްމާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. މިނިސްޓަރު ފައިސަލް ވިދާޅުވީ އެމްއެމްޕީއާރުސީ އިން ޗައިނާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެގައުމުގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ފްލިގީއާއެކު ސޮއިކުރި އެއްބަސްވުމުގެ ހެޔޮ ނަތީޖާ ކުރިއަށް އޮތްތާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ފެނިގެންދާނެ ކަމަށެވެ.

"މީގެ ސަބަބުން ކުރިއަށް އޮތްތާގައި މީގެ ކުރިން ވޭތުވެ ދިޔަ ތާގައި ޗައިނާގެ ފަތުވެރިންގެ ދިވެހިރާއްޖެ އަށް އައި އަދަދަށްވުރެ ވަރަށް ބޮޑު އަދަދަކަށް އިތުރުވުމެއް އަންނާނެ ކަމަށް، އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ފައިދާތަކެއް ކުރާނެ ކަން އަޅުގަނޑަށް ޔަގީން،" ފައިސަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން