މަރްޔަމް ނަހްދާ ވަޙީދު   20 އޯގަސްޓު 2024 - 0:19
މޫނުން ދާހިއްލުމަކީ ގިނަ ބަޔަކަށޤ ދިމާވާ ކަމެއް- ގޫގުލް އިމޭޖެސް
މޫނުން ދާހިއްލުމަކީ ގިނަ ބަޔަކަށޤ ދިމާވާ ކަމެއް- ގޫގުލް އިމޭޖެސް
މޫނުން ދާހިއްލުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަައެކެވެ. އަދި މިކަމުގެ ސަބަބުން ގިނަ ތަކުލީފުތަކަކާވެސް ކުރިމަތިލާން ޖެހެއެވެ. މޫނުން ދާހިއްލުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ހޯމޯންތަކަށް އަންނަ ބަދަލުތަކާއި، އުފެދުމުގައި މީހާގެ ޖެނެޓިކްސް އަންނަ ބަދަލުތަކާއި، މާބޮޑަށް ފިކުރުބޮޑުވެ ހާސްވުމާއި، އަދި މީހާ މާބޮޑަށް ފަލަވުންވެސް ހިމެނެއެވެ.

މިއީ އެއްގޮތަކަށްވެސް މީހާ މާޔޫސްވާންވީ ކަމެއް ނޫނެވެ. މިކަން ހައްލުކުރުމަށް ތިމާ އަމިއްލަ ކުރެވިދާނެ ކިތައްމެ ކަމެއް އެބަހުއްޓެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ މާބޮޑަށް މޫނުން ދާހިއްލާނަމަ އެކަން ހައްލު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ގިނައިން ފެންބުއިން:

ހަށިގަނޑުން ދާހިއްލަނީ ހަށިގަނޑުގެ ފިނިހޫނު މިން އެއްހަމައެއްގައި ބަހައްޓައިދިނުމަށްޓަކައެވެެ. މޫނުން ދާހިއްލާނަމަ އެއީ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޮވެނީއެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާވަރަށް އާދަވެގެން ކޮންމެ ދުވަހަކުވެސް ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ލިބުމުން، ހަށިގަނޑުގެ ފިނިހޫނު މިން އެއްމިނެއްގައި ހިފަހައްޓައިދޭތީއެވެ. އަދި އޭގެ ސަބަބަބުން ދާހިއްލުމުންވެސް ދުރުކޮށްދެއެެވެ.

ކަންކަމާ "ސްޓްރެސް" ނުވުން:

ކަންކަމާމެދު ހާސްވެ، އެކަންކަމާމެދު ވިސްނައި ފިކުރު ބޮޑުވުމަކީ މޫނުން ދާހިއްލުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. މިކަން ހައްލު ކުރަން ބޭނުންވާނަަމަ ފިކުރު ކުރުމާ ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ކަންކަމާ މާބޮޑަށް ވިސްނައި ފިކުރު ކުރެވޭނަމަ ނޭވާލުމުގެ ކަސްރަތުކުރުމާއި މީހާ ހަމަޖެހިލުމަށް ގެއިން ބޭރަށް ނިކުމެ ހަމަވައި ލިބޭ ފަދަ ތަނެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ މިހާއަށް ހަމަ ނޭވާލެވި ހިތަށް ލުއިކަން ލިބިގެންދާނެ ކަމެކެވެ. އަދި މިހެން ކަންތައް ކުރާނަމަ މޫނުން ދާހިއްލުން މަދުކޮށްދެއެެވެ.

ކުޅި ކާއެއްޗެހި ނުކެއުން:

މާ ބޮޑަށް ކުޅި ކާއެއްޗިސް ކައިއުޅޭނަމަ އެކަން ހުއްޓާލުމުންވެސް މި މައްސަލަ ހައްލުވާނެއެވެ. ކުޅި އެއްޗެހި ކެއުމުން ހަށިގަނޑުގައި ލޭދައުރުވާ މިންވަރު އިތުރު ކޮށްދީ، ހަށިގަނޑުގެ ހޫނުމިން އިތުރު ކޮށްދެއެވެ. އަދި އެ ހޫނުކަން ފިލުވުމަށްޓަކައި މީހާގެ ހަށިގަނޑުން ދާހިއްލަައެވެ. ވީމާ މޫނުން ދާހިއްލާތީ އެކަމުގެ ސަބަބުން އުނދަގޫވާނަމަ ކުޅި އެއްޗިސް ކެއުން ހުއްޓާލުން ނުވަތަ މަދުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މަސްދަރު: ޕިންކްވިލާ.ކޮމް، ޕީފައިޒާ.ކޮމް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން